logo

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ހާއްސަ މަޖިލީހުގައިވެސް މަޝްވަރާކޮށްފައިވާ ކަމެއް: ނާޒިމް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

9 މާރިޗު 2026 - 08:05
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ހާއްސަ މަޖިލީހުގައިވެސް މަޝްވަރާކޮށްފައިވާ ކަމެއް: ނާޒިމް

SHARE

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގާނޫނުއަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ދޮގުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މައްޗަންގޮޅި ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ހާއްސަ މަޖިލީހުގައިވެސް ފުޅާދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ދެ އިންތިހާބު ބާއްވާ ތާރީހު ފަރަގުވެގެން ދިޔައީ އޭރު ގާނޫނުތައް ފަރުމާކޮށް ފާސްކުރަން ނެގި ވަގުތުގެ ސަބަބުން ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވި ނަމަވެސް، މަޖިލީސް އިންތިހާބު 2009 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ލަސްވެގެން ދިޔައީ ކަމާގުޅޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުން ލަސްވުމުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމަ މިއީ ކުރެވިފައި ނެތް ބަހުސްއެއް ނޫން، މިއީ ކުރެވިފައި، ކުރެވި ނިމިފައި އޮތް ބަހުސްއެއް، އެއިރު ރައްޔިތުން ނިންމެވީ އެގޮތަށް،" ގާނޫނުއަސާސީ އިސްލާހުކުރި ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ނާޒިމް ވިދާޅުވިއެވެ.

https://pnc.mv/local-council-inthihaab-2026

އޭނާ އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަށްފަހު، އިންތިހާބުތައް ބާއްވާނެ ތަރުތީބާ ގުޅޭގޮތުން ހާއްސަ މަޖިލީހަށް ހުށަހެޅުމެއް ހުށަހަޅައި ވޯޓަށްވެސް އަހާފައިވާ ކަމަށެވެ.

މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައިވަނީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ކަނޑައަޅާފައެވެ.

އަދި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލަށް ބަދަލު ގެނެސް، މަޖިލީހުގެ އުމުރަކީ ކޮންމެ ފަސް އަހަރަކުން ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އާ ގާނޫނުއަސާސީ ތަސްދީގުވުމާއެކު މިނިވަން މުއައްސަސާތައް އުފަންވެ، އިލެކްޝަންސް ކޮމިޝަން އުފެދި، އިންތިހާބީ ދާއިރާތައް އަލުން ކަނޑައަޅަން ޖެހުމަކީ އޭރު އިންތިހާބުތައް ވަކިވަކިން ބާއްވަން ޖެހުނު މައިގަނޑު ސަބަބެވެ.

/

ނަމަވެސް މިހާރު އިދިކޮޅު އެމްޑީޕީން މިކަމާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެ

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/