
SHARE
ތުރުކީ ބިހަކީ ގަދީމީ ތުރުކީގައި އޭރު ރަސްރަސްކަލުން ހެނދުނުގެ ނާސްތާއަށް ގެންގުޅުނު ކެއުމެކެވެ. މި ކެއުމުގައި ހިމެނޭ ޔޯގަޓަކީ އަދި ބިހަކީވެސް އޭގައި ގިނަ އަދައަކަށް އޭގައި ޕްރޮޓީންގެ މާއްދާއެކުލެވޭ ދޭއްޗެވެ. މިއީ ހަކަތަ ލިއްބައިދޭ މީރު، ހާރުދަމަށް ހެޔޮ، މުޅިދުވަހު ވަރުޖައްސާ ބަނޑުގެ ހައިހޫނުކަން ކަނޑުވާލަދޭނެ ނާސްތާއެކެވެ.

ނިޔުޓިރިޝަން ނޯޓް: މިއީ އެވަރެޖްކޮށް ހުންނާނެ މިންވަރެވެ. ބޭނުންކުރާ ޔޯގަޓު ނޫނީ ޕާން ބަނަސްގެ ސަބަބުން ނިޔުޓްރިޝަން އަދަދުތައް ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
- ކެލޮރީސް:347 ކިލޯކެލް
- ޕްރޮޓީންސް: 30 ގުރާމް
- ފެޓު: 25 ގުރާމް
- ކާބްސް: 5-10 ގުރާމް
ބޭނުންވާ ތަކެތި:
- 4 ބިސް
- 2 ގްރީކް ޔޯގަޓު ކުޑަ
- ލޮނު މެދު/ ލޮނު މެދު ޕައުޑަރ
- ތާޒާ ޕާސްލީ ކުދިކޮށްފަ
- ތާޒާ ޑިލް ކުދިކޮށްފަ
- ލޮނު
- މާމުތް
- ބަޓަރު
- ހިކި މިރުސް މުގުރާފަ
- ޕެޕްރީކާ
- ޕާން/ ބަނަސް ޓޯސްޓުކޮށްފައި
- އެވަކާޑޯ (ބޭނުމިއްޔާ)

ތައްޔާރު ކުރާނެ ގޮތް:
- ތައްޓަކަށް ގްރީކް ޔޯގަޓު، ޕާސްލީ، ޑިލް، ލޮނު މެދު/ ލޮނު މެދު ޕައުޑަރ އެކްކޮށްލުން.
- ދެން ރަހަ ހެޔޮވަރުވާ ވަރަށް ލޮނު އަދި މާމުތް ކޮޅެއް އެއަށް އެއްކޮށްލުން.
- 4 ބިސް ކެއްކުން: ކެކިފަހުރި ފެންތެރެއަށް ބިސް ލުމަށްފަހު 7-6 މިނެޓު ވަންދެން ކައްކާނީ. އެއަށްފަހު ވަގުތުން ފަނޑުފެން ހުރި ބޯތައްޓެއްގެ ތެރެއަށްލައި ބިސް ފިނިކޮށްލާނީ. އެއީ ބިހުގެ އެތެރެ ކުޑަކޮށް ދިޔާކޮށް ބެހެއްޓުމަށް.
- ބަޓަރު ތައްޔާރުކުރުން: ބަރަޓު ކޮޅު ތެއްޔެއްގައި ވިރުވާލުމަށްފަހު ލޮނު، ހިކިމިރުސް، ޕެޕްރީކާ އަޅައި، މަޑު ގިނީގައި ހޫނުކޮށްލާނީ.
- ދެން ކުރިން ތައްޔާރު ކުރި ޔޯގަޓު ބޭސް ތައްޓެގައި ފަތުރާލާނީ
- އޭގެ މަތީގައި ބިސް ފަޅިކޮށްލުމަށް ފަހު އަތުރާލާނީ
- ބިސްތަކުގެ މައްޗައް ހޫނުކުރި ބަޓަރު ކޮޅު އަޅާލާނީ
- އެންމެ ފަހުން އެވަކާޑޯ އަދި ޓޯސްޓުކޮށްފައި ހުރި ޕާން ތަށީގެ އެއްފަރާތުގައި އަތުރާލާނީ







