logo

މި ރޯދަ މަހުވެސް ސަލަފް ޖަމިއްޔާގެ ގިނަ ހަރަކާތްތަކެއް

މި ރޯދަ މަހުވެސް ސަލަފް ޖަމިއްޔާގެ ގިނަ ހަރަކާތްތަކެއް

ސަލަފުން ބާްއްވާފައިވާ ދަރުހެއްގެ މަންޒަރު -- ފޮޓޯ: މިހާރު

SHARE

ކޮންމެ އަހަރެކޭވެސް އެއްފަދައިން މި އަހަރުގެ ރަމަޟާން މަހުވެސް ޖަމިއްޔަތުއްސަލަފުން ގިނަ ހަރަކާތްތަކެއް ރާވައި، ހިންގަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އޭގެތެރޭގައި ދަތި ހާލުގައި އުޅޭ އާއިލާތަކަށް އެހީތެރިވުމާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކުގައި ރޯދަ ވީއްލުން އިންތިޒާމުކުރުން ހިމެނެއެވެ.

ދަތި ހާލުގައި އުޅެމުންދާ ނިކަމެތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރޯދަ މަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކައި އެ ޖަމިއްޔާއިން ވަނީ "ވާބިލު" ނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. ސަލަފުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމުގެ ދަށުން ކޮންމެ އާއިލާއަކަށްވެސް ވައުޗާ ދޫކުރާނެއެވެ.

އަދި އެ ވައުޗާ ބޭނުންކޮށްގެން ރެޑުވޭވުގެ ތިން ފިހާރައަކުން ގެއަށް ބޭނުންވާ ތަކެތި ގަނެވޭނެއެވެ. މި އަހަރު މި ޕްރޮގްރާމުގެ ދަށުން 61 އާއިލާއަކަށް ވައުޗާ ދޫކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މީގެ އިތުރުން، ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ނަރުހުންނާއި، ޑޮކްޓަރުންނާއި އަދި ބަލި މީހުންގެ އެހީތެރިންނަށް ކޮންމެ ދުވަހަކުވެސް ރޯދަ ވީއްލުން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޖަމިއްޔާއިން ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލު އަދި އައިޖީއެމްއެޗުގައި ރޯދަ ވީއްލުމަށް ކާބޯތަކެތީގެ ޕެކޭޖުތައް ދަނީ ދޫކުރަމުންނެވެ.

https://pnc.mv/local-council-inthihaab-2026

އަދި މާލެ ސަރަހައްދުގެ އިތުރުން، މި އަހަރު އަލަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް މި ހަރަކާތް ވަނީ ފަށާފައެވެ.

މިސްކިތްތަކުގައި ރޯދަ ވީއްލުން ފޯރުކޮށްދިނުމުގެ ހަރަކާތްތައްވެސް މި އަހަރު ކުރިއަށްދެއެވެ. މި ރޯދަ މަހު ސަލަފުގެ ސުފުރާ ހަމަޖައްސާފައިވަނީ ހުޅުމާލެ ފޭސް 2 ގެ މަސްޖިދު އަބޫބަކުރު އައްސިއްދީގާއި އިސްލާމީ މަރުކަޒުގައެވެ.

ހުޅުމާލެ މިސްކިތުގައި ދުވާލަކު އެވްރެޖުކޮށް 50 މީހުންނަށް، އަދި އިސްލާމީ މަރުކަޒުގައި 400 މީހުންނަށް ރޯދަ ވީއްލުން ފޯރުކޮށްދޭ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރުސްތައް ދިނުމުގެ ކަންކަންވެސް އެ ޖަމިއްޔާއިން ދަނީ ކުރިއަށްގެންދަމުންނެވެ.

/

އެގޮތުން ރޯދަ މަހުގެ ފުރަތަމަ 10 ދުވަސް ނިމުނުއިރު 17 ރަށެއްގައި ސަލަފް ޖަމިއްޔާއިން ވަނީ ދަރުސް ދީފައެވެ.

ސަލަފުން ބުނީ ރޯދަ މަހުގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ މަސައްކަތް ކުރުމުގެ ފުރުސަތު އެންމެހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/