logo

އެސްޓީއޯއިން ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

25 ފެބްރުއަރީ 2026 - 08:38
އެސްޓީއޯއިން ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި

SHARE

އެސްޓީއޯއިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތައް މިއަދުން ފެށިގެން އިތުރަށް އަގުހެޔޮކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިގޮތުން ކުރިން އެސްޓީއޯ އިން ފިޔާކިލޯއެއް 12 ރުފިޔާއަށް ވިއްކިއިރު، ބަސްތާއެއް ވިއްކީ 250 ރުފިޔާއަށެވެ. އަދި އަލުވި ކިލޯއެއް 14 ރުފިޔާއަށް ވިއްކިއިރު، އަލުވި ބަސްތާއެއް ވިއްކީ 300 ރުފިޔާއަށެވެ.

އެހެން ނަމަވެސް މިއަދު އެސްޓީއޯއިން ބުނި ގޮތުގައި، 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު ވަނީ 10 ރުފިޔާއަށް ހެޔޮކޮށްފައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ތިރިވެފައެވެ.

އަދި ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފައެވެ.

މިއީ ރޯދަމަހު އާންމުކޮށް ރައްޔިތުން އާންމުކޮށް ބޭނުންކުރާ މިދަފަ ތަކެތީގެ އަގު ހެޔޮކޮށް އާންމުންނަށް ފަސޭހަ ކޮށްދޭން އެޅި ފިޔަވަޅެއްކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

https://pnc.mv/local-council-inthihaab-2026

މީގެ އިތުރުން، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެތަކެތި ލިބޭނެ މަގުފަހިކޮށް ދިނުމަށް އެސްޓީއޯއިން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ވަރަށް ފަހުން ހުޅުމާލޭގައިވެސް ވާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓެއް ގާއިމްކޮށްފައެވެ.

ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް ވެސް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން އެތެރެކޮށް ވިއްކާ އަސާސީ ކާބޯތަކެތީގެ 23 ބާވަތުގެ އަގުތައް، އެސްޓީއޯގެ އަގުތައް ހިއްސާކުރާ ޕޯޓަލް އިން އާންމުކޮށް ފެންނަން ވެސް ހުންނާނެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/