logo

މިދިޔަ އަހަރުގެ ދެވަނަ ބައިގަ އެކަނި ކޮރަޕްޝަންގެ 329 މައްސަލަ: އޭސީސީ

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

4 މާރިޗު 2026 - 06:21
މިދިޔަ އަހަރުގެ ދެވަނަ ބައިގަ އެކަނި ކޮރަޕްޝަންގެ 329 މައްސަލަ: އޭސީސީ

SHARE

މިދިޔަ އަހަރުގެ ދެވަނަ ބައިގައި އެކަނި ކޮރަޕްޝަންގެ 329 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އޭސީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަތޮޅުތަކުންނާއި މާލެއިން ޖުމްލަ 329 މައްސަލަ ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރަޖިސްޓްރީކުރި 142 މައްސަލައާ އަޅާބަލާއިރު ދެގުނައަށް ވުރެ ބޮޑު އިތުރުވުމެކެވެ.

ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތަކެވެ. އެގޮތުން މުއައްސަސާތަކަށް މުދަލާއި ހިދުމަތް ހޯދުމާއި، ބިޑްކުރުމުގެ މަރުހަލާތަކުގައި މުއައްސަސާއަށް އެންމެ ފައިދާވާނެ ގޮތަށް އަމަލުނުކުރުމުގެ މައްސަލަތައް ހިމެނެއެވެ. ޖުމްލަ މައްސަލަތަކުގެ 70 އިންސައްތައަކީ ޕްރޮކިއުމެންޓުގެ މައްސަލަތައް ކަމަށް އޭސީސީން ފާހަގަކުރެއެވެ.

މީގެ އިތުރުން، ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި މައްސަލަތަކާއި، ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅުންހުރި މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އޭސީސީން ވަނީ އިސްނަގައިގެން ދައުލަތުގެ އިދާރާތަކަށް ކޮރަޕްޝަން ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގާފައެވެ. އަދި ސްކޫލް ދަރިވަރުން ހޭލުންތެރިކުރުވުމަށް ހާއްސަ "ސްކޫލް އިންޓެގްރިޓީ ޕްރޮގްރާމް" ގެ 32 ސެޝަނެއް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި ޖުމްލަ ދެހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d