logo

އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

4 މާރިޗު 2026 - 07:27
އުމްރާދަތުރު ކެންސަލްކުރި ގުރޫޕްގެ 28 މީހަކަށް ހައްޖު ކޯޕަރޭޝަނުން ޖާގަދީފި

SHARE

'އަލް އަބްރާރު ޕްރައިވެޓް ލިމިޓެޑް' ގްރޫޕުން ރޭ އުމްރާއަށް ފުރަން އޮތް 110 މީހެއްގެ ދަތުރު ކުއްލި ގޮތަކަށް ކެންސަލް ކުރުމާ ގުޅިގެން، އޭގެ ތެރެއިން 28 މީހަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު އުމްރާއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދީފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ، ގިނަ ބައެއްގެ އެދުމުގެ މަތިން އެ ކޯޕަރޭޝަނުން އިސްނަގައިގެން 28 މީހަކަށް ވިސާ ހަމަޖައްސައި، މައްކާ އާއި މަދީނާއިން އެކޮމޮޑޭޝަން، ކެއިންބުއިން އަދި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މި މީހުން މިއަދު ހެނދުނު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި އުމްރާއަށް ފުރާފައެވެ.

އަލް އަބްރާރު ގްރޫޕުން އުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ އުމްރާވެރިން ފުރަން ހުރިހާ ތައްޔާރީތަކެއް ވެފައިވަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. މި ދަތުރަށް ކޮންމެ މީހަކު 45،000 ރުފިޔާ ދައްކާފައިވާއިރު، ގްރޫޕްގެ ވެރިޔާ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ބުނެފައިވަނީ ދަތުރު ކެންސަލްކުރީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް، ދަތުރުވެރިން އަމިއްލައަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ މީހުންގެ ވިސާވެސް ނަގާފައެއް ނުވެއެވެ. އަދި ގްރޫޕްގެ ވެރިޔާ އައްފާނު ވަނީ ރީފަންޑު ދޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް ރީފަންޑު ދޭނީ ޓިކެޓުގެ ހަރަދު ނުލައި ކަމަށް އޭނާ ބުނެފައިވާ ކަމަށް އުމްރާވެރިން މައުލޫމާތު ދެއެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވެސް ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/