logo

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގާނޫނަށް އަމަލުކުރަން ފަށައިފި

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގާނޫނަށް އަމަލުކުރަން ފަށައިފި

މަސްތުވާތަކެތި —

SHARE

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ހަމަޖައްސައި، އެ ގާނޫނަށް މިއަދު އަމަލު ކުރަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ނިމިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު ތަސްދީގުކުރެއްވީ ޑިސެންބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. ގާނޫނުގައިވާ ގޮތުން ތަސްދީގުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށަން ޖެހޭތީ، މިއަދަކީ އެ މުއްދަތު ހަމަވެ އަމަލުކުރަން ފެށި ދުވަހެވެ.

މި ގާނޫނުގެ ދަށުން މަރުގެ އަދަބު ކަނޑައެޅޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ހާލަތްތަކުގައެވެ.

އެގޮތުން އެ މީހަކު އެތެރެކުރި މަސްތުވާތަކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވުމާއި، އަދި އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެވިއިރު އެތެރެކުރި އެއްޗަކަށް އެ ތަކެތި ވާންޖެހެއެވެ.

https://pnc.mv/local-council-inthihaab-2026

މީގެ އިތުރުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ނިންމާ ހާލަތުގައެވެ. މަރުގެ އަދަބު ކަނޑައެޅޭ ބަރުދަންތައް:

- 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް އެތެރެކުރުން

- 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން އެތެރެކުރުން

- ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށް ވުރެ އިތުރު އަދަދެއް އެތެރެކުރުން

/

ގާނޫނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ބެންޗުން މަރުގެ އަދަބު ދިނުމަށް އިއްތިފާގު ނުވާ ހާލަތްތަކުގައި، އެ ކުށް ސާބިތުވާ މީހަކަށް ދެވޭނެ އަދަބަކީ އުމުރަށް ޖަލަށްލުމެވެ.

މީގެ އިތުރުން 100,000 ރުފިޔާ އާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/