logo

އިންތިޚާބުތައް އެކީގައި ބޭއްވުން: އެމްޑީޕީގެ ކުރީގެ ވިސްނުމާއި މިއަދުގެ ސިޔާސީ ހަގީގަތް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

12 މާރިޗު 2026 - 08:03
އިންތިޚާބުތައް އެކީގައި ބޭއްވުން: އެމްޑީޕީގެ ކުރީގެ ވިސްނުމާއި މިއަދުގެ ސިޔާސީ ހަގީގަތް

SHARE

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރު އެންމެ ބޮޑަށް ބަހުސް ކުރެވެމުންދާ އެއް މައުޟޫޢަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީގައި ބޭއްވުމުގެ މައްސަލައެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިކަމާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުން ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާއިރު، ތާރީޚީ ހެކިތަކުން ދައްކާގޮތުގައި އިންތިޚާބުތައް އެކީގައި ބޭއްވުމަކީ މިއަދު އިދިކޮޅުގައި އޮތް އެމްޑީޕީން ވެސް މީގެ ކުރިން ބާރުއަޅަމުން އައި ކަމެކެވެ.

އެމްޑީޕީގެ ކުރީގެ ސިޔާސަތާއި ރައީސް ސޯލިހުގެ ބަސްފުޅު

2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމްޑީޕީން ތިލަދުންމަތީގައި ބޭއްވި ދަތުރެއްގައި، ހދ. ނޮޅިވަރަމް ރައްޔިތުންނާ ބައްދަލުކުރައްވައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވަރަށް ސާފުކޮށް މިކަމަށް ތާއީދުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ ތަރައްޤީއަށް ލިބޭނެ ވަރަށް ބޮޑު ހަލުވިކަމެކެވެ.

ސަރުކާރުގެ މަޝްރޫޢުތައް ލަސްވާ އެންމެ ބޮޑު އެއް ސަބަބަކީ އިންތިޚާބުތައް ވަކިވަކިން އޮތުމުން ކަމަށް ރައީސް ސޯލިހް އޭރު ފާހަގަކުރެއްވިއެވެ. ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިންތިޚާބެއް އޮތުމަކީ ސަރުކާރުގެ ހިންގުމަށް ބުރޫއަރައި، ތަރައްޤީގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުމަށް މަގުފަހިވާ ކަމެއްކަން އެމްޑީޕީގެ އޭރުގެ ލީޑަޝިޕުން ޤަބޫލުކުރިއެވެ.

https://pnc.mv/local-council-inthihaab-2026
ޤާނޫނުއަސާސީ ފަރުމާކުރި މަރުޙަލާގެ ހެކިތައް

އިންތިޚާބުތައް އެކީގައި ބޭއްވުމަކީ ޤާނޫނުއަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއްކަން ތާރީޚީ ލިޔެކިޔުންތަކުން ހާމަވެއެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 256، 257 އަދި 258 ވަނަ ޖަލްސާގެ ޔައުމިއްޔާތަކަށް ބަލާއިރު، އެމްޑީޕީގެ މެންބަރުން ވެސް ވަނީ އިންތިޚާބުތައް އެކީގައި ބޭއްވުމުގެ ފައިދާތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހުށަހަޅާފައެވެ.

މިކަމުން އެނގެނީ މި ވިސްނުމަކީ ކުއްލިއަކަށް އުފަންވި ކަމެއް ނޫން ކަމާއި، މިއީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ބައްޓަންކުރި އިރުވެސް ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި އިދާރީ ފަސޭހައަށްޓަކައި މަޝްވަރާ ކުރެވިފައިވާ މުހިންމު އިޞްލާޙެއް ކަމެވެ.

ސިޔާސީ އަމިއްލަ އެދުމާއި އިދިކޮޅު ފަރާތްތަކުގެ ދައުރު
/

މިއަދު މިކަމާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލަމުންދަނީ ހަމައެކަނި ސިޔާސީ އަމިއްލަ އެދުމެއް އޮތުމުން ކަމަށް ބެލެވެއެވެ. ޤައުމަށް ފައިދާހުރި ސިޔާސަތެއް ސަރުކާރުން ހުށަހަޅުމުން، ހަމައެކަނި އިދިކޮޅުވުމުގެ ބޭނުމުގައި އެކަމާ ދެކޮޅުހެދުމަކީ ޒިންމާދާރު އޮޕޮޒިޝަނެއްގެ ސިފައެއް ނޫނެވެ.

ދުޅަހެޔޮ ސިޔާސީ ނިޒާމެއްގައި އިދިކޮޅު ފަރާތްތަކުން ބަލަންޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯއެވެ.

އަދި ހަމަ މި އިންތިޚާބުތައް އެކީގައި ބޭއްވުމުގެ އަސްލު މަޤްޞަދަކީ އެއްވެސް ހާލެއްގައި އިންތިޚާބެއް މަދުކުރުމެއް ނޫންކަން ސާފުކޮށް އެނގެއެވެ. މީގެ މާނައަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިވަކި ދެ ދުވަހެއްގައި ބޭއްވުމުގެ ބަދަލުގައި، އެއް ދުވަހެއްގައި އެއްވަގުތެއްގައި ބޭއްވުމެވެ. ރައްޔިތުންނަށް ކުރިންވެސް ލިބޭ ވޯޓު ކަރުދާސްތައް ހަމައަށް ލިބޭނެއެވެ.

ތަފާތަކީ ދެ ފަހަރެއްގެ މަތިން ވޯޓުލާން ދިއުމުގެ ބަދަލުގައި، އެއް ދުވަހަކު ވޯޓުލާ މަރުކަޒަށް ގޮސް ދެ އިންތިޚާބަށް ވެސް ވޯޓުލުމުގެ ފުރުޞަތު ލިބުމެވެ.

އިޤްތިޞާދީ އަދި އިދާރީ ފައިދާތައް

އިންތިޚާބުތައް އެކީގައި ބޭއްވުމަކީ ޑިމޮކްރެޓިކް ނިޒާމަށް ލިބޭނެ އުނިކަމެއް ނޫނެވެ. އެއީ އިދާރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ޤައުމަށް އެންމެ ފައިދާހުރި ގޮތެވެ. ކޮންމެ އިންތިޚާބަކަށް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ޚަރަދުވާއިރު، މި ޚަރަދުތައް ކުޑަކޮށް، އެ ފައިސާ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންކުރުމަކީ މާ ބުއްދިވެރި ގޮތެކެވެ.

މީގެ އިތުރުން، އިންތިޚާބުތަކާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނާއި، ސަލާމަތީ ބާރުތަކުން ކުރަންޖެހޭ މަސައްކަތްތައް އެއް މަރުޙަލާއެއްގައި ނިންމާލުމަކީ ވަގުތާއި ވަޞީލަތްތައް ސަލާމަތް ކުރެވޭނެ ކަމެކެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތަކުގައިވެސް އަމަލުކުރަމުންދާ އުޞޫލެކެވެ.

އެހެންކަމުން މި އިންތިޚާބުތައް އެކީގައި ބޭއްވުމުން ސަލާމަތްކުރެވޭ ވަގުތާއި ދައުލަތުގެ ފައިސާ އަނބުރާ އިންވެސްޓް ކުރެވޭނީ ރައްޔިތުންގެ ލާބައަށެވެ.

މި ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް މި އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓަކީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ. ސިޔާސީ ޕާޓީތަކުން އަމިއްލަ ފައިދާއަށްވުރެ ބޮޑަށް ޤައުމީ މަޞްލަޙަތު އިސްކުރުމަކީ މިއަދު ރައްޔިތުން އެދޭ ގޮތެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/