މެމްބަރު ކުޑޫގެ މަސައްކަތްތަކާއި ލިޔުންތައް ފެންނަ ވެބްސައިޓެއް ލޯންޗުކޮށްފި
މިންހާ އަބްދުالله
ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭގައި މެމްބަރު ކުޑޫ ވާހަކަ ދައްކަވަނީ / ފޮޓޯ: ނުކުތާ
SHARE
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)ގެ މަސައްކަތްތަކާއި ލިޔުންތައް ފެންނާނެ ވެބްސައިޓެއް ލޯންޗުކޮށްފި އެވެ.

މި ވެބްސައިޓު ލޯންޗުކޮށްފައިވަނީ ހައުސް އޮފް ޖޭޑުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ.
މިއީ މަޖިލިސް މެމްބަރަކު އަމިއްލަ ވެބްސައިޓެއް ލޯންޗުކުރި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.
މެމްބަރު ކުޑޫއަކީ މި ހިނގާ މަޖިލީހުގައި އަދި ފަހުގެ ތާރީހުގައިވެސް މަޖިލީހުގައި އެންމެ ގިނަ މަސައްކަތް ކުރައްވާފައިވާ މަޖިލިސް މެމްބަރެވެ. އިދިކޮޅު މެމްބަރެއްގެ ގޮތުގައި ހުންނަވާ މި ހިނގާ 20 ވަނަ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް މަޖިލީހަށް ހުށަހެޅުއްވި މެމްބަރަކީ މެމްބަރު ކުޑޫ އެވެ.
2024 ވަނަ އަހަރު ހުވާ ކުރެއްވުމަށްފަހު މިހާތަނަށް 560 މަސައްކަތް މަޖިލީސް މެމްބަރެއްގެ ގޮތުގައި ކުރައްވާފައިވެ އެވެ. މީގެ ތެރޭގައި 110 ހުށަހެޅުން، 160 ޝަކުވާ ނުވަތަ ސިޓީ، މައުލޫމާތު ހޯދުމަށް އެދި 94 މައްސަލަ އަދި 97 ސުވާލު ވަޒީރުންނާއި ކުރައްވާފައިވެ އެވެ.
ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ނުކުތާ
މި ހުރިހާ މަސައްކަތްތައް ވެސް މެމްބަރުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އަދި މެމްބަރުގެ ބައެއް އަމިއްލަ ލިޔުންތައް ވެސް މި ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.
މެމްބަރު ކުޑޫއަކީ މީގެ ކުރިންވެސް ޓޯކް ޝޯ އަދި ޕޮޑްކާސްޓް ހުށަހެޅުއްވި ބޭފުޅެކެވެ. އަދި ރާއްޖެއަށް އާ ބާވަތުގެ ވިޔަފާރި ތައާރަފްކޮށް، ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމު 2015 ވަނަ އަހަރު މެމްބަރަށް ލިބިވަޑައިގެންފައިވެ އެވެ.
މި ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އަދި ޕާޓީގެ ބައެއް ލީޑަރުންނާއި އާންމު މެމްބަރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.


