ޕީއެންސީ އިންތިޚާބުގައި 2500އަށްވުރެ ގިނަ މީހުން ވާދަކުރޭ
އައިޝަތު ހިދާޔާ

ޕީއެންސީގެ ހަރުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ޕީއެންސީ
SHARE
ސަރުކާރު ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިޚާބުގައި 2500އަށްވުރެ ގިނަ މީހުން ވާދަކުރާކަން އެ ޕާޓީން ހާމަކޮށްފިއެވެ.

ޕީއެންސީގެ އިންތިޚާބާބެހޭ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ, އިންތިޚާބު ބާއްވާނީ އެއް ކެންޑިޑޭޑަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލީ ދާއިރާތަކުން ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ, މިއީ ވަރަށް ވާދަވެރި އިންތިޚާބެއް ކަމަށެވެ. އެގޮތުން މި އިންތިޚާބުގައި, 131 ރަށު ދާއިރާގެ ވޯޓުލުން ކުރިއަށްދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވަރަށް އުފަލާއެކު ފާހަގަކޮށްލަން މުޅި ރާއްޖޭގައި އިންތިޚާބުގެ ކަންކަން ނިމިގެންދާއިރު އިންތިޚާބީ އެކިއެކި މަގަމުތަކުގައި 2500އަށްވުރެ ގިނަ ބޭފުޅުން އަޅުގަނޑުމެންގެ ހަރަކާތްތަކުގައި ރުކުރުވާލެވިގެން ދާނެ," ފިރުޒުލް ވިދާޅުވިއެވެ.
އިއްޔެ ވަނީ މި އިންތިޚާބުގެ ވޯޓާސް ލިސްޓު ހާމަކޮށްފައެވެ. އިންތިޚާބުގެ ކެންޑިޑޭޓުންނަށް އެ ކެންޑިޑޭޓެއްގެ ދާއިރާގެ ވޯޓާސް ލިސްޓު ލިބޭނެއެވެ. އަދި ޕާޓީގެ ވެބްސައިޓުން ކޮންމެ އާންމު މެމްބަރަކަށް އެ މެމްބަރެއް ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތު ލިމެނޭހެން މައުލޫމާތުތައް ލިބޭނެއެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ޕޯޓަލްގެ ތެރެއިން ހުޅުމާލާފައިވާކަން ފިރުޒުލް ވަނީ ފާހަގަކުރައްވާފައެވެ.
"ޕޯޓަލްގެ ތެރެއިން ހުރިހާ ކަމެއް ކުރުމުގެ ބޭނުމަކީ ނިޒާމެއްގެ ތެރެއިން ތަރުތީބުވެގެން އެއް އުސޫލަކުން އެއް ހަމައަކުން ތަރުތީބު ގޮތެއްގައި މަސައްކަތް ބައްޓަންކޮށްގެން ކުރިއަށް ގެންދިއުން. އެހެންވީމައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުން ވެސް މިހަރުން ފެށިގެން ހުޅުވާލެވިފައި މިވަނީ," އޭނާ ވިދާޅުވިއެވެ.
މި އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބަށްފަހު އެ ޕާޓީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

.jpg&w=3840&q=75)

