

ހުޅުމާލެ --
SHARE
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ 15ވަނަ ޓަވަރުގައި އާންމުންގެ ބަޔަކު ނުކުމެ ފުލުހަކު ޒަޚަމްކޮށްލައިފިއެވެ.

މިރޭ ހިނގި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އަނިޔާވި މީހާގެ ބޯ ފަޅައިގެން ގޮސް ވަރަށް ގިނަ އަދަދެއްގެ ލޭ ފައިބަމުން ދެއެވެ. އަދި އޭނާގެ ވަށައިގެން އާންމުން ނުރުހުން ފާޅުކުރާ މަންޒަރު ފެނެ އެވެ.
އޭނާ އަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އޭނާއަށް ބަޔަކު އަނިޔާކޮށްފައިވަނީ ރަސްމީ މަސައްކަތުގެ ތެރެއިން ނޫންކަމަށް އެނގިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ ކަންކަން ބަލައި ތަހުގީގު ކުރާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.





