logo

ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

25 މާރިޗު 2026 - 09:10
ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

SHARE

ހުޅުމާލޭގައި ހިމެނޭ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 30.5 މީޓަރު ނުވަތަ 10 ފަންގިފިލާއާ ހަމައަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ ގޮތަށް ހުޅުމާލޭގެ އިމާރާތް ކުރުމުގެ ގަވާއިދު އިސްލާހުކޮށް މިއަދު އިއުލާންކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި "ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު" އަށް އަމަލުކުރަން ފެށުމާއެކު، 2023 ވަނަ އަހަރު އަމަލުކުރަން ފެށި "ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވާއިދު" މިހާރު ވަނީ އުވިފައެވެ. މި އައު ގަވާއިދުގެ ދަށުން ގޯތިތަކުގެ ބޮޑުމިނަށް ބަލައި އިމާރާތް ކުރެވޭނެ އުސްމިންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އައު އިސްލާހުގައިވާ ގޮތުން، 400 އަކަފޫޓަށް ވުރެ ކުޑަ ގޯތިތަކުގައި އިމާރާތް ކުރެވޭނީ އެންމެ ފަންގިފިލާއެއް ނުވަތަ 6 މީޓަރަށެވެ. އަދި 801 އަކަފޫޓާއި 900 އަކަފޫޓާ ދެމެދުގެ ގޯތިތަކުގައި 8 ފަންގިފިލާ ނުވަތަ 24.5 މީޓަރަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭނެއެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ 901 އަކަފޫޓަށް ވުރެ ބޮޑެތި ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ހަމަޖެހުމެވެ.

ނަމަވެސް، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ނެއިބަރހުޑް 9 އެއްގައިވާ ގޯތިތައް އިމާރާތްކުރެވޭނެ އުސްމިނަށް ވަނީ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައެވެ. އެ ސަރަހައްދުގައި އިމާރާތްކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ.

އަދި ލިފްޓް މެޝިން ރޫމާއެކުވެސް އެ ސަރަހައްދުގެ އިމާރާތްތަކުގެ އުސްމިން 22 މީޓަރަށް ވުރެ އުސްވެގެން ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

https://pnc.mv/local-council-inthihaab-2026

މީގެ އިތުރުން، އިމާރާތްތަކުގެ ރައްކާތެރިކަމާއި ފަސޭހައަށްޓަކައި، އިމާރާތުގެ އުސްމިން 16.5 މީޓަރަށް ވުރެ އުސްވާ ނަމަ އެ އިމާރާތެއްގައި ލިފްޓް ހަރުކުރުން މި ގަވާއިދުގެ ދަށުން މިހާރު ވަނީ ލާޒިމްކޮށްފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/