logo

ދަރިފުޅުގެ އުމުރުން ދެ އަހަރުވަންދެން ހުސްވަގުތުދޭ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

14 މާރިޗު 2026 - 16:25
ދަރިފުޅުގެ އުމުރުން ދެ އަހަރުވަންދެން ހުސްވަގުތުދޭ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު

SHARE

ވަޒީފާއާބެހޭ ގާނޫނަށް ގެނައި މުހިންމު އިސްލާހުތަކެއް ހިމެނޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ ގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު) އަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

މި ބިލަކީ މި މަހުގެ 8 ވީ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާ ގުޅިގެން މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.

މި އިސްލާހުގެ ދަށުން ގެނެވުނު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅުގެ އުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށްޓަކައި 30 މިނެޓުގެ ހުސްވަގުތު ދިނުމަށް ކަނޑައެޅުމެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މި ބިލުގެ ދަށުން ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީއާ ގުޅޭ އުސޫލުތަކަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކުރުމެވެ. އަދި ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d