އެލްޖީއޭގެ އިދާރީ މުވައްޒަފުން ސިވިލް ސާވިސްއަށް ބަދަލުކުރަނީ

ޢާއިޝަތު ނުޒުހާ

SHARE
ލޯކަލް ގަވަމެންޓް އޮތޯރިޓީގެ އިދާރީ މުވައްޒަފުން ސިވިލް ސާވިސްގެ ދަށަށް ބަދަލުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި ވަނީ އެލްޖީއޭގެ އިދާރީ މުވައްޒަފުން އެ އޮތޯރިޓީގެ ސީއީއޯގެ ލަފަޔާ އެކު ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ގޮތަށް ބަދަލުކުރުމަށެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފައެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން އެލްޖީއޭގެ އިދާރީ މުވައްޒަފުންނަކީ އެލްޖީއޭގެ ސީއީއޯގެ ލަފަޔާ އެކު އެ އޮތޯރިޓީގެ ބޯޑުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންނެވެ.
މި ބަދަލު ހުށަހަޅާފައިމިވަނީ އަތޮޅު ކައުންސިލްތައް އުވާލައި އެ ކައުންސިލްތަކުގެ މުވައްޒަފުން އެލްޖީއޭގެ ދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން މިއީ އަތޮޅު ކައުންސިލްތަކުގެ ހިންގުން އެލްޖީއޭގެ ދަށަށް ގެނައުމުގެ ކުރިން ގެންނަ ބަދަލެއް ކަމަށް ބެލެވެއެވެ.

