logo

ކުދިން ފޮސްޓާކުރާ ސަރުކާރު މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ ދޭން ނިންމައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

14 އޭޕްރީލު 2026 - 07:09
ކުދިން ފޮސްޓާކުރާ ސަރުކާރު މުވައްޒަފުންނަށް ޚާއްސަ ޗުއްޓީ ދޭން ނިންމައިފި

SHARE

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ބެލެނެވެރިކަމާ ހަވާލުވާ ނުވަތަ ފޮސްޓާކުރާ ސިވިލް ސާވެންޓުންނަށް ޚާއްސަ ޗުއްޓީއެއް ދޭ ގޮތަށް ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސިވިލް ސާވިސް ގަވާއިދަށް ގެނައި މި އިސްލާހުގައިވާ ގޮތުން، ކުއްޖާއާ ހަވާލުވާއިރު ކުއްޖާގެ އުމުރުން 6 މަސްދުވަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން 6 މަސްދުވަސް ހަމަވާ ތާރީޚާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްޞަ ޗުއްޓީއެއް އެ މުވައްޒަފަކަށް ލިބޭނެއެވެ.

މީގެ އިތުރުން، ކުއްޖާއާ ހަވާލުވާއިރު ކުއްޖާގެ އުމުރުން 6 މަސްދުވަސް ފުރިފައިވާ ނަމަ ނުވަތަ 6 މަސްދުވަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، 30 ދުވަހުގެ ޗުއްޓީއެއް މުސާރައާއި އިނާޔަތްތަކާއެކު ލިބޭނެ ކަމަށްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކުދިން ފޮސްޓާކުރާ އާއިލާތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާލީ ގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ފަރާތުން ކޮންމެ ކުއްޖަކަށް މަހަކު 5,000 ރުފިޔާގެ ޚާއްސަ އެލަވަންސްއެއް ދިނުމަށްވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

މި ނިންމުންތަކަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ލޯތްބާއި އަޅާލުން ލިބޭނެ މަގު ފަހިކޮށްދީ، އެ ކުދިން ބަލާ އާއިލާތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d