
50،000 ރުފިޔާގެ ކޭޝް ސަޕޯޓެއް ނުދެން، މީސް މީޑިއާގައި ފަތުރަނީ ދޮގު: ޤާސިމް

އަޙްމަދު ޝާބިން

SHARE
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަމުގައި ބަޔަކު 50،000 ގެ ކޭޝް ސަޕޯޓުދޭކަމަށް ބުނެ އަޑުފަތުރާތީ ގާސިމް އެކަން ދޮގުކުރައްވައިފިއެވެ.

މިއަދު ހަވީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ދަތިހާލުގައި އުޅޭ ހުރިހާ ގޭބިސީތަކަށް މި ރޯދަމަހު ކޭޝް ސަޕޯޓް ގޮތުގައި 50،000 ރުފިޔާ އޭނާ ދެނީކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކާއިމީސް މީޑިއާގެ ބައެއް މަންސަތަކުގައި ލިންކެއް ބަޔަކު ފަތުރަމުން ދާކަމަށެވެ.
"އޭއައި" ފޮޓޮއަކާއި ސުވާލު ހިމެނޭ ލިންކެއް ދައުރުވަމުންދާއިރު މިއީ އޭނާއާއި އެއްވެސް ގުޅުމެއް އޮތް މުއާމަލާތެއް ނޫން ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ގާސިމް ވަނީ މިފަދަ ސްކޭމަރުންގެ ސަބަބުން ގިނަ ބައެއްގެ ވަގުތު ބޭކާރުވެ އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތް މެދުވެރިވާކަމަށްވެސް ވިދާޅުވެފައެވެ. ރައްޔިތުން މިފަދަ ކަންކަމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގެންފައިވެއެވެ.




