logo

ފެންނަން ނެތަސް ހުރަހެއް: ޑިއޭގޯ ގާސިއާއިން އިރާނަށް ދާން އޮތް "ކުރު މަގު" ރާއްޖޭގެ ސަބަބުން ބަންދުވެދާނެ!

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

21 މާރިޗު 2026 - 00:41
ފެންނަން ނެތަސް ހުރަހެއް: ޑިއޭގޯ ގާސިއާއިން އިރާނަށް ދާން އޮތް "ކުރު މަގު" ރާއްޖޭގެ ސަބަބުން ބަންދުވެދާނެ!

އެމެރިކާގެ ޑިއޭގޯ ގާސިއާ --

SHARE

ދުނިޔޭގެ ޖިއޯޕޮލިޓިކްސް ނުވަތަ ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙުގައި ދިވެހިރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމަކަށް ވީނަމަވެސް، ރާއްޖޭގެ އޮންނަ ސަރަޙައްދުގެ ގޮތުން މިއީ ވަރަށް މުހިންމު އިސްތިރާތީޖީ މަޤާމެއް ފުރާ ޤައުމެކެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަކިން ޚާއްޞަކޮށް، އިންޑިޔާ ކަނޑުގެ މެދުގައި ރާއްޖެ އޮތުމަކީ ބޮޑެތި ބާރުތަކުގެ އަސްކަރީ ހަރަކާތްތަކަށް އޭގެ ނުފޫޒު ފޯރާ ކަމެކެވެ. ވަކިން ޚާއްސަކޮށް މި ހިނގާ ހަނގުރާމައިގައި ރާއްޖޭގެ އެންމެ ކައިރީގައި އެމެރިކާގެ ބިޔަ ޑިއޭގޯ ގާސިއާ އޮތުން އޭގެ މުހިންމު ސަބަބަކަށް ހިމެނެއެވެ.

އެންމެ ކުރު މަގާއި ޖިއޮގްރަފީގެ މުހިންމުކަން

ޑިއޭގޯ ގާސިއާ ބޭނުންކޮށްގެން އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގެ ހުއްދަ އިނގިރޭސިވިލާތުން ރޭ އެމެރިކާއަށް ދީފައިވާއިރު، މި ހަނގުރާމައިގައި ރާއްޖޭގެ ނުފޫޒު އަންނަނީ މައިގަނޑު ވަރަށް މުހިންމު ކަމަކުންނެވެ. ރާއްޖޭގެ ވައިގެ ސަރަހައްދުންނެވެ.

ސަބަބަކީ ދުނިޔޭގެ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގައި އެންމެ ކުރު މަގަކީ "ގްރޭޓް ސާކަލް" ރޫޓަށް ވުމެވެ. މި ރޫޓް މިހެން އޮންނައިރު، ޑިއޭގޯ ގާސިއާ އޮންނަނީ ދިވެހިރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 730 ކިލޯމީޓަރު ދުރުގައެވެ.

https://pnc.mv/local-council-inthihaab-2026

އެހެންކަމުން، އެ މަރުކަޒުން ފުރައިގެން އިރާނުގެ މުހިންމު ސިޓީތަކަށް ނުވަތަ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ދިއުމަށް އޮތް އެންމެ ސީދާ އަދި އެންމެ ކުރު މަގު އޮތީ ސީދާ ދިވެހިރާއްޖޭގެ މަތިން ދިޔުން ކަމަށް ބޭރުގެ ބައެއް މާހިރުން ބުނެއެވެ.

މި މަގު އެހެން އޮވެއްޖެ ނަމަ އެކަން ވާނީ އެމެރިކާގެ ބީ-2 ނުވަތަ ބީ-52 ފަދަ ބަރު އަސްކަރީ ބޯޓުފަހަރަށް ރަނުގެ ފުރުޞަތަކަށެވެ. ސަބަބަކީ މި މަގުން ދަތުރުކުރުމުން ވަގުތު ސަލާމަތްވުމުގެ އިތުރުން، ބޭނުންވާ ތެލުގެ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭތީއެވެ.

މައި ހުރަހަކަށް ބައިނަލްއަޤުވާމީ ޤާނޫނާއި ރާއްޖޭގެ ސްޓޭންޑު

ބައިނަލްއަޤުވާމީ ޤާނޫނުތައް ބުނާގޮތުން، ޤައުމެއްގެ ބިމާއި ކަނޑުގެ ސަރަޙައްދެކޭ އެއްފަދައިން އެ ޤައުމެއްގެ ވައިގެ ސަރަޙައްދަކީވެސް އެ ޤައުމެއްގެ ފުރިހަމަ ސިޔާދަތީ ބާރު ހިނގާ ތަނެކެވެ. މިއީ އެހެން ޤައުމެއްގެ އަސްކަރީ ބޯޓުފަހަރަށް، އެ ޤައުމުގެ ހުއްދަ ނެތި ވަދެވޭނެ ތަންތަނެއް ނޫނެވެ.

/

ވަކިން ޚާއްޞަކޮށް، ތިންވަނަ ޤައުމަކަށް ހަމަލާދިނުމަށްޓަކައި އެހެން ޤައުމެއްގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަކީ ބައިނަލްއަޤުވާމީ އުޞޫލުތަކުން މަނާކުރާ ކަމެކެވެ.

އެހެންކަމުން، ރާއްޖޭގެ މަތިން ދިއުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ބައެއް ހިސާބުތަކުން ދެއްކިޔަސް، ޤާނޫނީ ގޮތުން އެކަން ކުރެވެން އޮތީ ދިވެހި ސަރުކާރުގެ ރުހުން ލިބިގެންނެވެ.

އެކަން އެހެން އޮތްއިރު، މި ސަރުކާރުން މިކަމުގައި ގެންގުޅެނީ ވަރަށް ސާބިތު އަދި ހަރުދަނާ ސިޔާސަތެކެވެ. ބޭރުގެ ބާރުތަކުން އަސްކަރީ ހަމަލާތައް ދިނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް އެދޭ އެދުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް ނޫނެކޭ ބުނެފައެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި، ރާއްޖޭގެ އަމާޒަކީ ސަރަޙައްދީ ހަނގުރާމަތަކުން އެއްކިބާވެ، މިނިވަން އަދި ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ދެމެހެއްޓުމެވެ.

މި ނިންމުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރެވި، ދުނިޔޭގެ ބޮޑެތި ކޯޅުންތަކުގެ ތެރެއަށް ރާއްޖެ ވަނުމުން ސަލާމަތްވެއެވެ.

ޖުމްލަކޮށް ބަލާއިރު، ދިވެހިރާއްޖެއިން ނިންމި މި ނިންމުމަކީ ޤައުމީ ސިޔާދަތާއި މިނިވަންކަން އިސްކޮށް ނިންމާފައިވާ ހިތްވަރުގަދަ ނިންމުމެކެވެ. މިއީ ހަމައެކަނި ވައިގެ މަގެއް ބަންދުކުރުމެއް ނޫނެވެ.

މިއީ ބައިނަލްއަޤުވާމީ މަސްރަޙުގައި ކުދި ޤައުމުތަކަށްވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އަމިއްލަ ސިޔާސަތުތައް ދެމެހެއްޓޭނެކަން ސާބިތުކޮށްދިން މިސާލެކެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/