ރާއްޖެ ކައިރީ އޮންނަ ޑިއޭގޯ ގާސިއާއަށް އީރާނުގެ ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލައިފި

އަޙްމަދު ސަދޫފް މޫސާ
.jpeg&w=3840&q=75)
SHARE
ރާއްޖޭގެ ދެކުނުން އެންމެ 700 ކިލޯމީޓަރު ދުރުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއްވެސް މިސައިލެއް އެ މަރުކަޒަށް އަރާފައެއް ނުވެއެވެ.
މީގެ ތެރެއިން އެއް މިސައިލް ދަތުރުގެ މެދުތެރެއިން ފެއިލްވެފައިވާއިރު، ދެވަނަ މިސައިލް ވަނީ އަމާޒަށް ވާސިލްވުމުގެ ކުރިން ހުއްޓުވާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ޑިއޭގޯ ގާސިއާއަކީ އެމެރިކާ އާއި އިނގިރޭސިވިލާތުން ގުޅިގެން ހިންގާ، ސަރަހައްދީ އަސްކަރީ އޮޕަރޭޝަންތަކުގައި ވަރަށް މުހިންމު ސްޓްރެޓީޖިކް ދައުރެއް އަދާކުރާ މަރުކަޒެކެވެ.

މި މަރުކަޒަށް އަމާޒުކޮށް މިސައިލް ހަމަލާ ދީިފައިވާއިރު، އީރާނަށް ހަމަލާދިނުމަށް ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދިނީ ރޭގެ ވަގުތެއްގައެވެ.





