logo

ހަނގުރާމައިގެ މިހާލަތުގައި، އިއާދަކުރަނިވި ހަކަތައިގެ މުހިއްމުކަން އިތުރުވެއްޖެ: ރައީސް

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

31 މާރިޗު 2026 - 14:18
ހަނގުރާމައިގެ މިހާލަތުގައި، އިއާދަކުރަނިވި ހަކަތައިގެ މުހިއްމުކަން އިތުރުވެއްޖެ: ރައީސް

SHARE

މެދުއިރުމަތީގައި ހަނގުރާމައިގެ މިހާލަތުގައި، އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން އިތުރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރަށްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވަނީ މި ދަނޑިވަޅުގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވުނަކުރުމަށް ޝައުގުވެރިކަން ހުންނަ މިންވަރު މީހުންގެ މެދުގައި އިތުރުވެފައިވާކަން ފާހަގަކުރެއްވާފައެވެ. އަދި މިފުރުސަތުގެ ބޭނުން ހިއްޕެވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ އެއްސިޔާސަތު ކަމަށްވާ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުުރުމަށް މިފަދަ ޝައުގުހުރި މީހުން ތިބުމަކީ ހިތްވަރެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިއީ މިގޮތަށް ބޭއްވޭ ސިލްސިލާ ނޫސްކޮންފަރެންސްތަކުގެ ތެރެއިން ތިން ވަނަ ނޫސްކޮންފަރެންސް ކަމަށް ވާއިރު ދެވަނަ ކޮންފަރެސްގައި ވެސް ރައީސްވަނީ އިއާދަކުރަނިވި ހަކަތައާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

/

ނުުކުތާގެ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ 2030 ވަނަ އަހަރަށް ރާއްޖޭން އުފައްދާ ހަކަތަގައިގެ 30 އިންސައްތަ ފެހި ކުރުމުގެ އަމާޒު ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް މިދާ ހަނގުރާމައާއި ގުޅިގެން އިތުރު ޕްރޮޖެކްޓްސް މިދާއިރާއިން ކުރިއަށް ގެންދިއުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/