logo

ބީއެމްއެލް އިން ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ އަގުހެޔޮ ފްލެޓްތަކުގެ މަސައްކަތް ފަށައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

21 މާރިޗު 2026 - 17:47
ބީއެމްއެލް އިން ސީއެމްއީސީއާ ހަވާލުކޮށްގެން އަޅާ އަގުހެޔޮ ފްލެޓްތަކުގެ މަސައްކަތް ފަށައިފި

SHARE

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑެބަލް ހައުސިން ސްކީމުގެ ދަށުން ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އިންޖީނިއަރިން (ސީއެމްއީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ 1,224 ފްލެޓުގެ އަމަލީ މަސައްކަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހުޅުމާލެ ތިންވަނަ ފިޔަވަހީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވީ ހައުސިން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާގެ އިތުރުން ބީއެމްއެލް އަދި ސީއެމްއީސީގެ އިސްވެރިންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

undefined

މި ފްލެޓްތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ސިޔާސަތުގެ ދަށުން ބީއެމްއެލް އިން އުފެއްދި ސަބްސިޑަރީ ކުންފުންނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ސިޔާސަތުގެ ދަށުން ޖުމްލަ 3,260 ފްލެޓް އެޅުމަށް ވަނީ ނިންމާފައެވެ.

މި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައިވަނީ މި ދާއިރާގައި ފާހަގަކުރެވޭ ބައިނަލްއަގުވާމީ ކުންފުނިތަކާއި ރާއްޖޭގެ ކުންފުނިތަކާއެވެ. އެގޮތުން ސީއެމްއީސީގެ އިތުރުން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި، ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން މި މަޝްރޫއުގެ ދަށުން ފްލެޓްތައް އިމާރާތް ކުރާނެއެވެ.

https://pnc.mv/local-council-inthihaab-2026

undefined

ސީއެމްއީސީ އަކީ ރާއްޖޭގައި މީގެ ކުރިންވެސް ބޯހިޔާވަހިކަމުގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ، އިތުބާރު ހިފޭ ކުންފުންޏެކެވެ. އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ 1,224 ފްލެޓުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/