logo

ފުރަތަމަ މޭޔަރު ސަރަނގުގެ ތާއީދު މޫސާ އަލީ ޖަލީލަށް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

22 މާރިޗު 2026 - 07:29
ފުރަތަމަ މޭޔަރު ސަރަނގުގެ ތާއީދު މޫސާ އަލީ ޖަލީލަށް

SHARE

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް، މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ތާއީދު ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަން ކުރިން ކުރެއްވި އާދަމް މަނިކު، މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވިކަން ހާމަކުރެއްވީ މިއަދު ޕީއެންސީން ބޭއްވި ހަރަކާތެއްގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓަށް ތާއީދުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ފެންނަނީ ސަރުކާރާ ދެކޮޅު ޕާޓީއަކުން މޭޔަރު ހޮވާ މަންޒަރު ކަމަށާއި، އޭގެ ނަތީޖާއަކަށް ވަނީ މާލެ ތަރައްގީކުރުމުގެ ބަދަލުގައި ސަރުކާރާއި ކައުންސިލާ ދެމެދު "ތެޅުން" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުގެ ބޭނުމަކީ އެކަން ހުއްޓުވުން. މާލެއަކީ އަބަދުވެސް އަޅާނުލެވި ދޫކޮށްލެވިފައި އޮންނަ ތަނެއް. އެކަން ބަދަލުކުރަން އެބަޖެހޭ،" ސަރަނގު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު މާލެއަށް ގިނަ ކަންތައްތަކެއް ކުރެއްވިކަން އާދަމް މަނިކު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައީސް މުޢިއްޒު މޭޔަރުކަމުގައި މަސައްކަތް ކުރެއްވީ ވަރަށް ބޮޑު އެޖެންޑާއަކާ އެކުގައި ކަމަށާއި، ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުން އެ މަސައްކަތްތައް މިހާރު ހުއްޓިފައިވާ ކަމަށެވެ.

https://pnc.mv/local-council-inthihaab-2026

ސަރަނގު އާދަމް މަނިކު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ފެއްޓެވި ތަރައްގީގެ އެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި، ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭނެ ކެނޑިޑޭޓަކު ހޮވުން މުހިންމު ކަމަށެވެ. އެހެންކަމުން މޫސާ އަލީ ޖަލީލަށް ތާއީދުކުރެއްވުމަކީ މާލޭގެ ތަރައްގީއަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/