ނުކުތާ ޕޯލް: ގިނަ މީހުންގެ ނަޒަރުގައި މާލޭގެ މޭޔަރުކަން ކާމިޔާބުކުރައްވާނީ މޫސާ އަލީ ޖަލީލް
މިރާޝް މޫސާ

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ---
SHARE
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރުކަން ކާމިޔާބުކުރައްވާނެ ބޭފުޅަކާ މެދު ނެގި ޚިޔާލު ހޯދުމުގެ ޕޯލް ޕީއެންސީގެ ކެންޑިޓޭޓް މޫސާ އަލީ ޖަލީލް ކާމިޔާބުކުރައްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 11:00 އިން ފެށިގެން 24 ގަޑިއިރަށް ހުޅުވާލި ޕޯލް ރޭ ނިމުނުއިރު ޖުމްލަ 1899 މީހުން ޕޯލްގައި ވަނީ ޚިޔާލު ފާޅުކޮށްފައެވެ. މީގެ ތެރެއިން 1137 މީހުން ބުނީ އެ އިންތިޚާބު ކާމިޔާބުކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ކަމަށެވެ. އެއީ ޕޯލްގައި ޚިޔާލު ފާޅުކުރި މީހުންގެ 60 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކު ވޯޓުލާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އަށެވެ. އެއީ 552 ވޯޓު، ވޯޓުލީ މީހުންގެ ޖުމްލަ 29 އިންސައްތައެވެ.
ބާކީ ކެންޑިޑޭޓުންނަށް ވޯޓު ލިބިފައިވާ ގޮތަކީ؛
- އިސްމާއީލް ޒަރިޔަންދު 138 ވޯޓު
- އަހްމަދު އައިހަމް މުހައްމަދު 39 ވޯޓު
- އަބްދުﷲ މަހުޒޫމް މާޖިދު 33 ވޯޓު
މީގެ އިތުރުންގެ ލޯކަލް ކައުންސިލް އިންތިޚާބުގެ އެންމެ ވާދަވެރި ރޭސްތަކުގެ ނަތީޖާ ނުކުންނާނެ ގޮތާމެދު، ނުކުތާގެ ވެބްސައިޓުގައި ދަނީ ޚިޔާލު ހޯދުމުގެ ޕޯލްތަކެއް ނަގަމުންނެވެ.






