logo

ސިޓީތަކުގެ އަންހެން ރައީސުންނަށް 41،000 ރުފިޔާގެ މުސާރައެއް!

ސިޓީތަކުގެ އަންހެން ރައީސުންނަށް 41،000 ރުފިޔާގެ މުސާރައެއް!

SHARE

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ (ޑަބްލިއުޑީސީ) މުސާރައާއި އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނެޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ނިންމުމާއެކު ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 41،000 ރުފިޔާ އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންނަށް މަހަކު 21،000 ރުފިޔާގެ މުސާރައެއް ލިބިގެންދާނެއެވެ.

ޕޭ ކޮމިޝަނުން މިހާރު ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްފަހު، އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައެވެ.

ސިޓީތަކުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ އަސާސީ މުސާރައަކީ 33،000 ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން ޖުމްލަ މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު 41،500 ރުފިޔާ ލިބޭނެއެވެ.

ސިޓީތަކުގެ ނައިބު ރައީސުންގެ އަސާސީ މުސާރައަކީ 5،000 ރުފިޔާއެވެ. މީގެ އިތުރުން ބާއްވާ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބޭއިރު، މީޓިން އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނީ 2،000 ރުފިޔާއެވެ. އެހެންކަމުން ނައިބު ރައީސުންނަށް ޖުމްލަ 7،000 ރުފިޔާ ލިބޭއިރު، އާދައިގެ މެންބަރަކަށް މަހަކު ލިބޭނީ 6،000 ރުފިޔާއެވެ.

ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ ރައީސުންގެ އަސާސީ މުސާރައަކީ 16،500 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 4،500 ރުފިޔާ ހިމެނޭހެން، ޖުމްލަ މަހަކު 21،000 ރުފިޔާ ލިބޭނެއެވެ.

ރަށްރަށުގެ ކޮމެޓީތަކުގެ ނައިބު ރައީސުންގެ އަސާސީ މުސާރައަކީ 4،000 ރުފިޔާއެވެ. މީޓިން އެލަވަންސްގެ ގޮތުގައި މަހަކު އެންމެ ގިނަވެގެން ލިބޭ 2،000 ރުފިޔާއާއެކު، ނައިބު ރައީސުންނަށް ޖުމްލަ 6،000 ރުފިޔާ ލިބޭނެއެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ މުސާރައަކީ 5،000 ރުފިޔާއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d