logo

"ބިންވެރިޔާ" ސްކީމްގެގެ ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

މިރާޝް މޫސާ

30 މާރިޗު 2026 - 05:57
"ބިންވެރިޔާ" ސްކީމްގެގެ ގޯތި ދޫކޮށްލާފައި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

ގުޅީފަޅު -- ފޮޓޯ: ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ

SHARE

ކުރީގެ ސަރުކާރުތަކުގެ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުންނާއި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، މި ސަރުކާރުން އަލަށް ހުޅުވާލާ ފްލެޓްތަކަށް ކުރިމަތިލެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނޫސްވެރިންނާ ބައްދަލުކުރައްވާ މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ބަދަލު ގެންނަން ނިންމެވީ، ގޯތި ލިބިފައިވީ ނަމަވެސް އަމިއްލައަށް ގެދޮރު އިމާރާތްކުރުމުގެ މާލީ ތަނަވަސްކަން ނެތް އާއިލާތަކުން އެދެމުންދާތީ، އެފަދަ ނިކަމެތި އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އެގޮތުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ބިން ލިބުނު މީހުންގެ ތެރޭގައިވެސް، ބިން ހިއްކުމާއި ތަރައްގީކުރުމަށް ނަގާ ވަގުތުގެ ސަބަބުންނާއި އިމާރާތްކުރުމުގެ ބޮޑު ޚަރަދާ ހުރެ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތައް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ.

"ގުޅިފަޅު ނޫނީ، ގިރާވަރުފަޅުގެ ހާލަތަށް ބަލައިފިއްޔާ، އަދި ވެސް އެ ތަނުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމާ މިފަދަ އެތައް ކަމަކަށް ވަގުތުކޮޅެއް ނަގާނެތީ، ވަރަށް ގިނަ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމެއް ފްލެޓަށް އެޕްލައިކުރަން ފުރުސަތު ނެތުން" އެމަނިކުފާނު ވިދާޅުވިއެވެ.

މި ފުރުސަތު ހުޅުވާލުމުން، ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވުމުގެ އިހްތިޔާރު ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިކަމަށްޓަކައި ބޭނުންވާ ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ރަސްމީކޮށް ހުޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

/

މީގެ އިތުރުން، ޖޮއިންޓްކޮށް ނުވަތަ ގުޅިގެން ގޯތި ލިބިފައިވާ ފަރާތްތަކަށްވެސް މި އުސޫލުގެ ދަށުން ލުއިތަކެއް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން، ގުޅިގެން ގޯތި ލިބުނު އެންމެން އެއްބަސްވާނަމަ ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ ހާލަތަށް ބަލައި، އެންމެ އެދެވޭ އަދި އަވަސް މަގަކުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/