logo

ޮޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ރަސްދޫއަށް ވަޑައިގެންފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

18 އޭޕްރީލު 2026 - 14:43
ޮޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ރަސްދޫއަށް ވަޑައިގެންފި

ރައީސް މުއިއްޒު, ރަސްދޫއަށް ވަޑައިގެންނެވުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ޕީއެންސީ ސޯޝަލް މީޑިއާ

SHARE

މި މަހުގެ ހަތަރު ވަނަ ދުވަހު ކުރިއަށް ދިޔަ ލޯކަލް ކައުންސލް އަދި ޑަބްލިޔުޑީސީ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހަވީރު އއ. ރަސްދޫއަށް ވަޑައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސްގެ ދެކަނބަލުން ރަސްދޫއަށް ވަޑައިގެންނެވީ މި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރަސްދޫއަށް މިއަދު ހަވީރު ވަޑައިގަތުމުން އެ ރަށުން ވަނީ ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އިދިކޮޅު އެމްޑީޕީގެ މައި ރަށެއްގައި ބެލެވިފައި އޮތް ރަސްދޫގެ ކައުންސިލް ޕީއެންސީއަށް ކާމިޔާބުވެފައިވަނީ 15 ވަރަކަށް އަހަރު ފަހުންނެވެ. ކައުންސިލް އިންތިހާބު ބާއްވަން ފެށީއްސުރެ އެމްޑީޕީ ކޮންޓްރޯލް ކުރަމުން ދިޔަ ކައުންސިލް ކާމިޔާބުކޮށް ޕީއެންސީއިން ވަނީ ތާރީހު ބަދަލުކޮށްލައިފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/