logo

ރާއްޖޭގެ މެޖޯރިޓީ ދިނީ ގައުމީ ފިކުރަށް، އެއީ ޕީއެންސީގެ ފިކުރު: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

19 އޭޕްރީލު 2026 - 05:24
ރާއްޖޭގެ މެޖޯރިޓީ ދިނީ ގައުމީ ފިކުރަށް، އެއީ ޕީއެންސީގެ ފިކުރު: ރައީސް

SHARE

ނިމުނު ކައުންސިލު އިންތިހާބުގައި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީދިނީ ގައުމާއި އިސްލާމްދީން އިސްކުރުމުގެ ފިކުރަށް ކަމަށާއި، އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ފިކުރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް މިހެން ވިދާޅުވީ ނިމުނު ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގައި އއ. ރަސްދޫ، އއ. ތޮއްޑޫ އަދި އއ. އުކުޅަހުން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުތަކާއި، ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން ހޮވުމަށް ބޭއްވޭ އިންތިހާބުތަކުން ވެސް ފެންނަނީ ރައްޔިތުން ގައުމީ ފިކުރަށް ތާއީދުކުރާ މަންޒަރު ކަމަށެވެ.

"ހުރިހާ އިންތިހާބަކުން ރާއްޖޭގެ މެޖޯރިޓީ މިއޮތީ މި ފިކުރަށް ތާއީދުކޮށް، ދީނީ ގައުމީ ފިކުރަށް ތާއީދުކޮށް ޕީއެންސީއަށް މެޖޯރިޓީ ދެއްވާފައި،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށެވެ. އަދި ކައުންސިލެއްގައި އޮތީ ކޮންމެ ސިޔާސީ ފިކުރެއް ކަމުގައި ވީނަމަވެސް، އެ ކައުންސިލަކާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

/

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި އެންމެ ކުޑަ ރަށާއި ބޮޑެތި ސިޓީތަކާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ހުރިހާ ރަށަކަށް ވެސް ކަންކަން ކޮށްދިނުމުގައި ގެންގުޅޭނީ ހަމަހަމަކަމާއި އަދުލުވެރިކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ބައެއް ކައުންސިލްތަކުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ކަންކަން ރައްޔިތުންނަށް ތަފްސީލުކޮށް ކިޔައިދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ތަފްސީލުކޮށް ކިޔައިދޭނަން. އެ ހަފުތާގެ ތެރޭގައި ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި މި ވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސްއަޅައިފިކަން،" ރައީސް ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/