logo

މަޖިލީހުގެ އިންތިޚާބު މިނިވަން އިންސާފުވެރިވާނީ ދެ އިންތިޚާބު އެއް ދުވަހުގެ ބާއްވައިގެން: ރައީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

30 މާރިޗު 2026 - 14:16
މަޖިލީހުގެ އިންތިޚާބު މިނިވަން އިންސާފުވެރިވާނީ ދެ އިންތިޚާބު އެއް ދުވަހުގެ ބާއްވައިގެން: ރައީސް

SHARE

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރުމަށް އޮތް އެންމެ ރަނގަޅު މަގުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިހާބު އެއް ކުރުމަކީ ސިޔާސީ ވާހަކައެއް ނޫން ކަމަށާއި މިއީ ނިޒާމަށް ގެންނަންޖެހޭ މުހިންމު އިޞްލާޙީ ބަދަލެއްގެ ވާހަކަ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު އޮންނަ އުސޫލުން ރިޔާސީ އިންތިޚާބަށްފަހު ހަ މަސް ފަހުން މަޖިލިސް އިންތިޚާބު ބޭއްވުމުން، އިންތިޚާބުގެ އިންސާފުވެރިކަން ގެއްލުމުގެ ފުރުޞަތު އޮވެއެވެ.

އެހެން މި ދަންނަވާ ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާއަކަށް ހޮވާ މީހާ އޭރަކު ނޭނގޭ ހޮވިގެންދާ މީހާ. އެހެންނޫނީ މި ދަނީ ހަ މަސް ފަހުން، ކެންޑިޑޭޓުން މި ދަނީ ތިމަންނައަކީ ސަރުކާރުގެ ޕާޓީއެއްގެ މީހާއޭ ބުނަމުން. އެ ހިސާބުން އެބަ ގެއްލޭ އެ ފެއާނަސް، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އެގޮތުން ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން މަޖިލީހުގެ ގޮނޑިތައް ބެހިގެންދާނީ ވަރަށް ބޮޑަށް ހަމަހަމަކޮށް ކަމަށާއި، އޭރުން ވަކި ޕާޓީއަކަށް ސުޕަ މެޖޯރިޓީ ލިބުމުގެ ބަދަލުގައި ޗެކް އެންޑް ބެލެންސްގެ ނިޒާމު ހަރުދަނާވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މަޖިލީހަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކަށްވާއިރު، މަޖިލީހުގައި ސަރުކާރުގެ ނުފޫޒު ކުޑަވެ، ޒިންމާދާރުކުރުވުމުގެ ފުރުޞަތު އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

/
މިހާތަނަށް މިދިޔަ ތިން ދައުރުގައި ސުޕަރ މެޖޯރިޓީ، ނޫނީވިއްޔާ ވަރަށް ބޮޑު މެޖޯރިޓީއެއް މަޖިލީހުގެ މި ދެލިބެނީ ވެރިކަން ކުރާ ޕާޓީއަށް. އެއީ، މި ދެންނެވި އަޅުގަނޑު ގަބޫލުކުރަނީ، ސަރުކާރު ކެންޑިޑޭޓް، ދެން މިގޮތަށް ވަކާލާތުކޮށް، ސަރުކާރު ނޫނީ ވެރިކަން ކުރާ ޕާޓީގެ ހިޔަލުގައި ނިވަލުގައި، ނޫނީވިއްޔާ އެގޮތަށް ގޮސްގެން ކެމްޕޭން ކޮށްގެން ވޯޓު ހޯދަނީ. އެހެންވީމާ، އެކަމެއް ނެތި އިންތިޚާބު ބޭއްވުނީމަ، ވަރަށް އީވަންލީ ޑިސްޓިބިއުޓެޑް ގޮތަކަށް މަޖިލީހަށް މީހުން މެންބަރުން ހޮވޭނީ. ސުޕަރ މެޖޯރިޓީ، ނޫނީވިއްޔާ ވަރަށް ބޮޑަށް ވަކި ޕާޓީއެއްގެ މީހުން ވާ ގޮތަކަށް ނޫނޭ. އެއިން ވާ ފައިދާއަކީ، ޗެކް އެންޑް ބެލެންސް ނިޒާމު ގެނެވޭ. ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގެ މަޖިލީހަކީ ސަރުކާރުން ޖަވާބުދާރީ ކުރާ ބާރުން. އެތަނުގައި ތިބޭނީ މުޅިން ސަރުކާރު މެންބަރުންކަން ވަންޏާ، ނޫނީވިއްޔާ ބޮޑު އަދަދަކުން ތިބެންޏާ، ކޮންމެ ގޮތެއްވިޔަސް ހަމަ ވިސްނާލައްވާއިރުގައި އެއަށްވުރެ މާބޮޑަށްވެސް ސަރުކާރަށް ޖަވާބުދާރީ ކުރުމުގެ ފުރުޞަތު އެތައް ގުނައަކުން ބޮޑުވޭ، - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނުކުންނަ އިންތިޚާބު ކަމަށްވުމާއެކު، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން މަޖިލިސް އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދުވެސް އިތުރުވެގެންދާނެ ކަމަށެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ގެނެވޭނެ މާނަހުރި، ރަނގަޅު އިޞްލާޙީ ބަދަލުތަކެއް ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/