logo

ބޮޑު ތަފާތަކުން މައި ދެ ޕާޓީ ބަލިކޮށް މާފަރު ކައުންސިލް ރައީސަކަށް މޯޑު ޣަނީ

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

5 އޭޕްރީލު 2026 - 12:50
ބޮޑު ތަފާތަކުން މައި ދެ ޕާޓީ ބަލިކޮށް މާފަރު ކައުންސިލް ރައީސަކަށް މޯޑު ޣަނީ

SHARE

މައި ދެ ޕާޓީގެ ކެންޑިޑޭޓުން ބަލިކޮށް, މާފަރު ކައުންސިލްގެ ރައީސްގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި މުހައްމަދު އަބްދުލްޣަނީ (މޯޑު ޣަނީ) ކާމިޔާބުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މީގެ ކުރިން ޕާޓީތަކުން ދިފާއުކުރަމުން ދިޔަ މާފަރު ކައުންސިލްގެ ރައީސްގެ ގޮނޑި އަމިއްލަ ކެންޑިޑޭޓަކު ކާމިޔާބުކުރި މިއީ ފުރަތަމަ ފަހަރެވެ.

މޯޑު ޣަނީ މި ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްސަލާމް އަބްދުއްރަހްމާން އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ހަސަން ހުސައިނާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. މޯޑުއަށް 363 ވޯޓު ލިބުނުއިރު, އެންމެ ގާތުން ވާދަކުރެއްވި ސަލާމަށް ލިބިވަޑައިގަތީ 253 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 59 ވޯޓެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި މާފަރުން ވޯޓު ލުމުގެ ހައްގު 962 މީހަކަށް ލިބުނުއިރު, އޭގެ ތެރެއިން 721 މީހުން ވޯޓު ލާފައިވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/