logo

މާފަރު އިންތިހާބީ ރައީސްގެ ހަދިޔާއެއް: ކޮންމެ އަހަރަކު ރައްޔިތަކަށް އުމްރާ ދަތުރެއް!

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

8 އޭޕްރީލު 2026 - 09:04
މާފަރު އިންތިހާބީ ރައީސްގެ ހަދިޔާއެއް: ކޮންމެ އަހަރަކު ރައްޔިތަކަށް އުމްރާ ދަތުރެއް!

ނ. މާފަރު ކައުންސިލްގެ އިންތިހާބީ ރައީސް މުހައްމަދު އަބްދުލްޣަނީ (މޯޑު ޣަނީ) --

SHARE

ކޮންމެ އަހަރަކު ރަށުގެ ކޮންމެވެސް އެއް ރައްޔިތަަކަށް އުމްރާ ދަތުރެއް ދެއްވުމަށް ނ. މާފަރު ކައުންސިލްގެ އިންތިހާބީ ރައީސް މުހައްމަދު އަބްދުލްޣަނީ (މޯޑު ޣަނީ) ނިންމަވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ޣަނީ މިކަން ހާމަކުރެއްވީ އޭނާގެ ކާމިޔާބީ ފާހަގަކުރުމަށް ރަށުގެ ރައްޔިތުންނަށް ބޭއްވި ޚާއްޞަ ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯޑު ޣަނީ ވިދާޅުވީ މިއީ މާފަރުގެ ރައްޔިތުންނަށް އޭނާގެ ފަރާތުން ދެއްވާ ހަދިޔާއެއް ކަމަށެވެ. މި ހަދިޔާ ދިނުމުގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް އާލާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ދޭ ހަދިޔާއަކީ ނިމުނު ލޯކަލް ކައުންސިލް އިންތިހާބުގައި މާފަރު ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ދެއްވި ލޯތްބާއި އިހްތިރާމުގެ ބަދަލެއްގެ ގޮތުން ރައްޔިތުންނަށް ދޭ ހަދިޔާއެއް. އެހެންކަމުން ކުރިޔަށް މި އޮތް ފަސް އަހަރު ކޮންމެ އަހަރަކު ވެސް މާފަރު ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށް ޢުމްރާ ދަތުރެއް ދޭން އަޅުގަނޑު މިވަނީ ނިންމައިފައި، " ނުކުތާއަށް ޣަނީ ވިދާޅުވިއެވެ.

މާފަރު ކައުންސިލްގެ ރައީސްގެ ގޮނޑި މޯޑު ޣަނީ ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްސަލާމް އަބްދުއްރަހްމާން އަދި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ހަސަން ހުސައިނާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މޯޑުއަށް 363 ވޯޓު ލިބިވަޑައިގަތްއިރު، އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 253 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 59 ވޯޓެވެ.

/

ފާހަގަކޮށްލެވޭ ގޮތުގައި މިއީ މާފަރުގެ ތާރީހުގައި ވެސް ކައުންސިލްގެ ރައީސްގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓަކު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/