ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފި

ޢާއިޝަތު ނުޒުހާ
6 އޭޕްރީލު 2026 - 07:12

SHARE
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގަންނަވާފައިވަނީ މިއަދު ހެނދުނު ސައުދީ އެއާލައިންސްގެ ފްލައިޓެއްގައެވެ.
މި ދަތުރުފުޅަކީ ސައޫދީ ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ހަމަޖައްސަައިދެއްވާފައިވާ ދަތުރުފުޅެއް ކަމަށާއި ދަތުރުގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސަވާފައިވަނީ ސައޫދީ ސަރުކާރުން ކަަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ އަހަރު ވަނީ ސައުދީގެ ރަސްގެފާނު ދެއްވާ ހާއްސަ ފުރުސަތެއްގެ ދަށުން ހައްޖުގެ އަޅުކަން ވެސް އަދާކުރައްވައިފައެވެ.




