logo

ތެލާ ޚިލާފަށް ގޭހުގެ އަގު ހިފަހައްޓަން އުނދަގޫ: ސައީދު

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

7 އޭޕްރީލު 2026 - 12:27
ތެލާ ޚިލާފަށް ގޭހުގެ އަގު ހިފަހައްޓަން އުނދަގޫ: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -

SHARE

ރާއްޖެއަށް ގެންނަ ތެލާ ހިލާފަށް ގޭހުގެ އަގު ހިފަހައްޓަން އުނދަގޫ ކަމަށް އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކާރިސާ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލާ ގޭހުގެ އަގު ވިލާ ކުންފުނިން ވިއްކާ ގޭހުގެ އަގުބޮޑުކުރުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ގޭހުގެ އަގު ހިފަހައްޓަން އުނދަގޫ ވާނެ ކަމަށެވެ.

ވަޒީރު ވަނީ މިހާރު ސައުދީގައި ގޭހުގެ އަގު 775 ޑޮލަރު ޓަނަކަށް ޖެހޭ ކަމުގައި އަންދާޒާ ކުރައްވާފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މިއަގު ތަފާތު ނަމަވެސް ރާއްޖެއަށް ގޭސް އެތެރެކުރާ ސައުދީ ފަދަ ގައުމު ތަކުގެ ކޮންޓްރެކްޓް އަގާއެކީ އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަން ވަޒީރު ވިދާޅުވިއެވެ.

އިންޑިއާގެ ސަރަހައްދުގައި ގޭހުގެ އަގު 1000 އެމެރިކާ ޑޮލަރަށް ވުރެ މަތީގައި ހުރި އިރު އިރުމަތީ އޭސިއާ ގައުމުތަކުން 600 ޑޮލަރުގައި ވަނީ ހިފެހެއްޓިފައެވެ.

ވިލާ ގޭހުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން 150 ރުފިޔާ އިތުރުކުރުމަށް އިއުލާނު ކުރުމާއެކު އެކުންފުނީގެ އިސްވެރިންނާ ވާހަކަދައްކަވާފައި އަގު ހިފެހެއްޓޭނެ ގޮތްތަކެއް ބަލަމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުންޏާވެސް ބައްދަލު ކުރެވި މަޝްވަރާތައް ކުރެވިފައި ވާކަން ވެސް ސައީދު ވަނީ ފާހަގަކުރެއްވިފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/