logo

ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކާއެކު މަޝްވަރާ ފަށައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

15 އޭޕްރީލު 2026 - 09:18
ގާދޫގައި ބަންކަރިން ޚިދުމަތް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކާއެކު މަޝްވަރާ ފަށައިފި

SHARE

ލ. ގާދޫގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ތަރައްޤީކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ގާދޫގައި މި ޚިދުމަތްތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް ކަމަށެވެ.

"ގާދޫ ސަރަހައްދުގައި ބަނދަރަކާއި ބަންކަރިން ޚިދުމަތް ޤާއިމްކުރުމަށް ޝައުގުވެރިވި ފަރާތްތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތައް މިހާރު މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުން،" ވަޒީރު ވިދާޅުވިއެވެ.

ސަރަހައްދީ ބަނދަރުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކުޅުދުއްފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތަފްސީލް ވަޒީރު ހިއްސާކުރެއްވިއެވެ.

އެގޮތުން ބޮޑެތި ބޯޓުފަހަރަށް ބޭނުންވާ ވަރަށް ފަޅު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ބަނދަރަށް ޖާގަ އިތުރުކުރުމަށްޓަކައި ބިން ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރަކީ ޑިއުޓީ ފްރީ ޒޯނެއްގެ ގޮތުގައި ތަރައްގީކޮށް، އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ގިނަ އަދަދަކަށް ބެހެއްޓޭނެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސާފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/