ޓްރާންސްޕޯޓް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައިފި

ޢާއިޝަތު ނުޒުހާ
14 އޭޕްރީލު 2026 - 14:22

އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
SHARE
މިނިސްޓްރީތަކަށް ގެނައި ބަދަލުތަކާއެކު ޓްރާންސްޕޯޓް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައިފިއެވެ.

މި ދެ ވުޒާރާ އެއްކޮށްލުމަށްފަހު ހަވާލުކޮށްފައިވަނީ ކުރިން ވެސް އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ސައީދުއާއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ސައީދު ވަނީ އާ މަގާމުގައި ހުވާ ކުރައްވައި މަގާމުގެ ފަތްކޮޅާ ހަވާލުވެވަޑައިގެންފައެވެ.
ވުޒާރާތަކަށް ގެނައި ބަދަލުތަކުގައި އިތުރު ގިނަ މިނިސްޓްރީތަކަށް ވެސް ބަދަލު ގެނެސްފައިވެއެވެ.




