ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލަން އެމެރިކާ-އީރާނުން އެއްބަސްވެއްޖެ

އަޙްމަދު ސަދޫފް މޫސާ

SHARE
އީރާނުން އެމެރިކާއާއެކު ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ ސުލްހައަކަށް އެއްބަސްވެއްޖެ ކަމަށް ރިޕޯޓްކޮށްފިއެވެ.

މި ސުލްހައިގެ އެއްބަސްވުން އިއުލާނުކޮށްފައިވަނީ ޑިޕްލޮމެޓިކް މަޝްވަރާތަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިނއ މުހުލަތަށް ފަހު، އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލަން އެއްބަސްނުވެއްޖެނަމަ އެމެރިކާއިން އިތުރު އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައިވަނިކޮށެވެ.
މި އެއްބަސްވުމުގެ ދަށުން، ދުނިޔޭގެ ތެޔޮ އުފުލާ މައިގަނޑު މަގު ކަމަށްވާ ހޯރްމޫޒް އިން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ފުރުސަތު އީރާނުން ދޭނެއެވެ.
އީރާނުން ބުނި ގޮތުގައި މިއީ ހަނގުރާމަ މެދުކަނޑާލުމަށް ވީ ވަގުތީ އެއްބަސްވުމެކެވެ. އަދި މީގެ މާނައަކީ މުޅިން ހަމަޖެހުން ގާއިމުވުން ނޫން ކަމަށްވެސް އެ ގައުމުން ފާހަގަކުރެއެވެ. އީރާނުގެ އޮފިޝަލުން މި ނިންމުން ސިފަކުރެއްވީ މަޝްވަރާތައް ކުރިއަށްދާއިރު ކުރިމަތިވަމުންދާ ފިއްތުންތައް ކުޑަކުރުމަށް އެޅި ސްޓްރެޓީޖިކް ފިޔަވަޅެއްގެ ގޮތުގައެވެ.
މި ހަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް، މި މައްސަލައާ ގުޅުންހުރި ސަރަހައްދީ ބައެއް އެހެން ހަމަނުޖެހުންތައް އަދިވެސް ދަނީ ކުރިއަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މި ވަގުތީ ސުލްހައިގެ ސަބަބުން ދާއިމީ ހައްލެއް ލިބޭނެތޯ ނުވަތަ ދެ ހަފުތާގެ މުއްދަތަށްފަހު އަލުން ހަމަލާ ބަދަލުކުރަން ފަށާނެތޯ އެނގިގެންދާނެއެވެ.




