logo

ހަމަލާތައް ހުއްޓާލިތާ ދުވަހެއް ނުވޭ، އެމެރިކާއިން ހަމަލާ ދޭން ފަށައިފި

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

8 އޭޕްރީލު 2026 - 11:55
ހަމަލާތައް ހުއްޓާލިތާ ދުވަހެއް ނުވޭ، އެމެރިކާއިން ހަމަލާ ދޭން ފަށައިފި

އީރާންގެ ލެވަން ރަށަށް މިއަދު ދިން ހަމަލާ

SHARE

އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ކުރިއަށް ގެންދާ ހަނގުރާމައިގައި ހަމަލާތައް ހުއްޓާލަން އެއްބަސްވިތާ 24 ގަޑިއިރުވެސް ނުވަނީސް، އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އީރާނުގެ ގައުމީ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ ލަވާންގައި ހުންނަ ތެޔޮ އުފައްދާ މަރުކަޒަކަށް އަމާޒުކޮށް ބޮން އަޅާފައެވެ. މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ބަލިސްޓިކް މިސައިލްތައް އެމެރިކާގެ އަސްކަރީ ބޭސްތަކަށް ވަގުތުން ފޮނުވާލާފައެވެ.

މެދުއިރުމަތީގެ މަސްރަހު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، މި ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިގްތިސާދަށް ދަނީ ކުރަމުންނެވެ. މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނަސްލު ނައްތާލާނެ ކަމުގެ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ޓްރަމްޕްގެ މި ވާހަކަފުޅާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ ލީޑަރުން ދަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އީރާނާއި އެމެރިކާގެ ކުރިމަތިލުންތައް ހިނގަމުންދާއިރު، އިޒްރޭލުން ދަނީ ލުބްނާނަށް ދެމުންދާ ހަމަލާތައް އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންނެވެ. މި ހަމަލާތަކުގައި ލުބްނާނުގެ ގިނަ އަދަދެއްގެ އިމާރާތްތަކާއި އާންމުންގެ ގެދޮރު ސުންނާފަތިވަމުންދާއިރު، ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދެއެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/