logo

އުމްރާގެ އަޅުކަން އަދާ ކުރެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

11 އޭޕްރީލު 2026 - 15:43
އުމްރާގެ އަޅުކަން އަދާ ކުރެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

SHARE

ސައުދީ އަރަބިއްޔާ ސަރުކާރުގެ ދައުވަތަކަށް އުމްރާގެ އަޅުކަމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރާއްޖެ ވަޑައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސްގެ ދެކަނބަލުން އުމްރާ ކުރެއްވުމަށް މިދިޔަ ހޯމަ ދުވަހު ކުރެއްވި ދަތުރުފުޅަށްފަހު މިއަދު އެނބުރި މާލެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންްގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ. ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ސަރުކާރުގެ އެހެނިހެން އިސްވެރިން ވެސް މަރުހަބާ ދެންނެވުމަށް ވަޑައިގެންފައިވެއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ސައުދީ ސަރުކާރުގެ ދައުވަތެކެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ ހުރިހާ ކަމެއް ހަމަޖައްސާފައިވާ ދަތުރެއް ކަމަށް އެ އޮފީހުން ބުނެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/