logo

ނަޝީދު, އިބޫ އަދި ފައްޔާޒް ހިމެނޭހެން އެމްޑީޕީ ހިންގާނެ ކޮމިޓީއެއް އެކުލަވާލަން ފާސްކޮށްފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

11 އޭޕްރީލު 2026 - 17:28
ނަޝީދު, އިބޫ އަދި ފައްޔާޒް ހިމެނޭހެން އެމްޑީޕީ ހިންގާނެ ކޮމިޓީއެއް އެކުލަވާލަން ފާސްކޮށްފި

SHARE

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް ހައްލުކޮށް ޕާޓީ ހިންގުމުގައި ހިޔާލު ދޭނެ ކޮމިޓީއެއް އެކުލަވާލަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްޑީޕީ މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި މިފަދަ ކޮމިޓީއެއް އެކުލަވާލަން ހުށަހެޅުއްވީ ޕާޓީގެ ވަގުތީ ޗެއާޕާސާން އަބްދުލްޣަފޫރު މޫސާއެވެ. އޭނާ ހިމެނޭހެން ޕާޓީ ހިންގާ މި ވަގުތީ ކޮމިޓީގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, ޕާޓީގެ ރައީސް އަބްދުالله ޝާހިދު, އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.

މި ކޮމިޓީ އެކުލަވާލުމުގެ އިތުރުން ޕާޓީގެ އެޑްވައިޒަރުކަން ކުރީގެ ދެ ރައީސުންނަށް ދީ, ކުރީގެ ރައީސުން ގައުމީ މަޖިލީހުގައި ހިމެނުމަށް ވެސް މިރޭ ވަނީ ފާސްކޮށްފައެވެ.

މިއާއެކު ވަގުތީ ޗެއާޕާސަން ގަޕޯގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރި މައްސަލަ ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/