logo

އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ވާދަކުރައްވަނީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

19 އޭޕްރީލު 2026 - 11:42
އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ވާދަކުރައްވަނީ

SHARE

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަން މިއަދު އިއުލާނުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން ފައްޔާޒް އިސްމައީލް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކުރީގެ ރައީސް ނަޝީދު ވަނީ މީގެ ކުރިން 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވައިފައެވެ.

އަދި 2014 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ނަޝީދު ހުންނެވި އެވެ.

އިތުރު ތަފްސީލު އަންނަނީ..

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/