
SHARE
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ބާއްވާ ޕްރައިމަރީގައި، އެ ޕާޓީގެ ކުރީގެ ޗެއާޕަސަން ފައްޔާޒް އިސްމާއިލަށް ތާއީދުކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މިކަން އިއުލާނުކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެ ބޭފުޅުން އެކުގައި ތިއްބަވައެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕަސަންކަމަށް ވާދަކުރައްވަން ނިންމެވިކަން ވެސް ރަސްމީކޮށް އިއުލާނުކުރައްވާފައެވެ. މިއާއެކު، ކުރިއަށް އޮތް ދައުރުގައި ޕާޓީ ހިންގުމުގެ އިސް ދައުރެއް އަދާކުރެއްވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތްތަކެއް ވަނީ ލިބިފައެވެ.





