ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލަން ނަޝީދު ގޮވާލައިފި

ޢާއިޝަތު ނުޒުހާ

SHARE
ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ 10 ބޭފުޅަކު އިސްތިއުފާ ދެއްވުމާ ގުޅިގެން "އެކްސް"ގައި ނަޝީދު ވިދާޅުވީ ކެބިނެޓުގެ މައްޗަށް ރައީސުްގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ރައީސްގެ މައްޗަށް ރައްޔިތުންގެ އިތުބާރު ވެސް އޮތީ ގެއްލިފައިވާ ކަމަށެވެ.
އެހެންކަމުން މެދުއިުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަ މި ދަނޑިވަޅުގައި ބޭނުންވާ އަސާސީ, އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށް މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ރާވައި ހިންގަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިކަން ކުރުމުން ހުރިހާ ޕާޓީއެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ނަޝީދު ވަނީ ގޮވާލައިފައެވެ.
ވަޒީރުން އިސްތިއުފާ ދޭން އެންގެވީ މި ބަދަލަކީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން ގެނެވުނު ބަދަލެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.




