logo

ރާއްޖޭގެ އާމްދަނީ ދަށްވިޔަސް، މާލީ ދަތިކަމެއްނެތި ތެޔޮ ފޯރުކޮށްދެވޭނެ: ޒަމީރު

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

12 އޭޕްރީލު 2026 - 11:55
ރާއްޖޭގެ އާމްދަނީ ދަށްވިޔަސް، މާލީ ދަތިކަމެއްނެތި ތެޔޮ ފޯރުކޮށްދެވޭނެ: ޒަމީރު

SHARE

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ރާއްޖޭގެ ޖުމްލަ އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން ކުރިމަތިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މާލީ ކަންތައްތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އީރާނުގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޒަމީރު ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާއި އާމްދަނީ ދަށްވުމުގެ ސަބަބުން އަންނަ ބަޖެޓުގެ ބެލެންސަށް ހައްލެއް ހޯދުމަށް މަލްޓިލެޓަރަލް އެޖެންސީތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތެލުގެ އަގު ބޮޑުވެގެން އައިސް އަދި ރާއްޖޭގެ ރެވެނިއު ޓޯޓަލް ރެވެނިއު ދަށަށް ދާތީވެ އަންނަ ބެލެންސަށް އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން. ބައެއް ކަހަލަ މަލްޓިލެޓަރަލް އެޖެންސީތަކުންނާއި އަޅުގަނޑުމެންނަށް އެގޮތަށް ޓެޕް ކުރެވެން ހުރި ފައިނޭންސަސް ޓެޕް ކޮށްގެން މަސައްކަތް އެބަ ކުރަން، - މާލީ ކަންތައްތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު

އެގޮތުން މާލީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް އިމްޕޯޓްކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށާއި، މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް ރައްޔިތުންނަށް ތެލާއި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ތެޔޮ އެތެރެކުރަނީ ހަމައެކަނި އެސްޓީއޯއިން ނޫން ކަމަށާއި، އަމިއްލަ ފަރާތްތަކުން ވެސް ތެޔޮ އިމްޕޯޓް ކުރަމުންދާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވުމުން އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް އަގުތަކަށް ބަދަލު ގެންނަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

/

ވަޒީރު އިތުރަށް ވިދާޅުވީ، ބައެއް އަމިއްލަ ކުންފުނިތަކުން ހަނގުރާމައިގެ ހާލަތާ ގުޅިގެން ވެސް ތެޔޮ އިމްޕޯޓްކޮށްފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެސްޓީއޯގެ ރިސޯސްތަކަށް އޮންނަ ބާރު ކުޑަވެ، މިހާރު ހުރި ޓްރެޖެކްޓަރީގައި ކުރިއަށް ދިއުމަށް ފުރުސަތު ލިބޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/