logo

ސަރުކާރު ކުންފުނިތަކުގައި 42،000 އެއްހާ މުވައްޒަފުން އެބަތިބި: ޒަމީރު

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

19 އޭޕްރީލު 2026 - 12:03
ސަރުކާރު ކުންފުނިތަކުގައި 42،000 އެއްހާ މުވައްޒަފުން އެބަތިބި: ޒަމީރު

މާލީ ވަޒީރު، މޫސާ ޒަމީރު

SHARE

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު 42،000 އެއްހާ މުވައްޒަފުން ތިބި ކަމަށް ލަފާކުރެވޭ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ފިނޭންސް މިނިސްޓްރީން ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އަންގާފައެވެ. ނަމަވެސް، ހުރިހާ ކުންފުނިތަކުން އެ މިންވަރަށް މުވައްޒަފުން މަދުނުކުރެވިދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެއީ ބައެއް ކުންފުނިތަކުން އެ އަދަދަށް މުވައްޒަފުން މަދުކޮށްފިނަމަ، ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫއަރާފާނެތީ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާނީ "މާދަމާ އިރު އަރާއިރު މުވައްޒަފުން މަދުކުރާ" އުސޫލަކުން ނޫން ކަމަށެވެ. އަދި މި ނިންމުން ތަންފީޒުކުރާއިރު މުވައްޒަފުންނަށް ދިމާވާނެ ދަތިތަކަށް ރިއާޔަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ. މީގެ ތެރޭގައި ވަޒީފާއަށް މީހުން ނެގުމުގައި ތައުލީމާއި ހުނަރަށް ބަލައިގެން 'މެރިޓް ބޭސްޑް' އުސޫލެއް ގާއިމްކުރުމާއި، މިވަގުތަށް ޕްރޮމޯޝަންތައް ދިނުން މެދުކަނޑާލުން ހިމެނެއެވެ. އަދި ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓިދާނެ ފަދަ ހާލަތެއްގައި ނޫނީ އިތުރު މުވައްޒަފުން ނުނެގުމަށް ވެސް ވަނީ އަންގާފައެވެ.

/

މީގެ އިތުރުން، އިގްތިސޯދީ ހިރާސްތަކަށް ބަލައި ކުންފުނިތަކުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ. މިގޮތުން ބޭރު ގައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ވެސް ފެރީގެ ހިދުމަތް ބޭނުންކުރުން ފަދަ ހަރަދު ކުޑަ ގޮތްތައް އިހުތިޔާރު ކުރުމަށް ފިނޭންސް މިނިސްޓްރީގެ އެންގުމުގައިވެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/