logo

ހުރާގެ ގެއެއްގައި ރޯވީ އައިފޯނު 17 އެއް ހޫނުވެ، އޭގައި ހުޅު ހިފައިގެން!

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

13 އޭޕްރީލު 2026 - 09:02
ހުރާގެ ގެއެއްގައި ރޯވީ އައިފޯނު 17 އެއް ހޫނުވެ، އޭގައި ހުޅު ހިފައިގެން!

އަލިފާން ރޯވި ގޭގެ އެތެރެ

SHARE

ކ. ހުރާ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ޗާޖަށް ޖަހާފައި އޮތް ފަހުގެ އައިފޯނެއް ހޫނުވެ, އޭގައި އަލިފާން ހިފައިގެން ހިނގި ހާދިސާއެއްކަމަށް "ނުކުތާ"އަށް މައުލޫމާތު ލިބިއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހުރާގެ މީހަކު ނުކުތާއަށް މައުލޫމާތު ދެމުން ބުނީ، އަލިފާން ރޯވާން މެދުވެރިވީ "އައިފޯން 17 އެއާ" އެއް ޗާޖަށް ޖަހައިފައި އޮއްވައި، އެ ފޯނު ހޫނުވެ އޭގެން ފެތުރުނު އަލިފާނުން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ފޯނަކީ އަލިފާންރޯވި ގޭގެ މަންމަ ގެންގުޅުނު ފޯނެވެ. އެ ގޭގެ އަލިފާންގަނޑު އެންމެ ފުރަތަމަ ފެނުނީ ވެސް އަންހެން މީހާއަށް ކަން އެނގިފައިވެއެވެ.

އެގޮތުން އެމީހާއަށް ހޭލެވުނީ ނިދާފައިި އޮތް ބާލިސް ކައިރީގައި އޮތް ފޯނުން ހޫނުވެގެން ކަމަށާއި އޭރު ފޯނު މަތީ އޮތް ބާލީހުގައި އެއްކޮށް ރޯވެފައިވާކަން "ނުކުތާ"އަށް އެނގިފައިވެއެވެ. އެ ހާދިސާގައި އަތް ފިހިގެން ފަރުވާދީފައިވަނީ ވެސް އެމީހާއަށް ކަން އެނގިފައިވެއެވެ.

އެ ފޯނުން ފެށުނު ހުޅުގަނޑާއެކު މުޅި ކޮޓަރީގައި ހުޅު ހިފި ކަމަށާއި، ޖެހިގެން ހުރި ކުޑަކުދިން ނިދަން ތިބި ކޮޓަރިން އެ ކުދިން ސަލާމަތް ކުރެވުނީ ކިރިޔާކަން ވެސް އެނގިފައިވެއެވެ. އެ ގެ ހުރި ގޮތުން ހަމައެކަނި ކުޑަކުދިންގެ ކޮޓަރިއަށް ދެވެން ހުންނަނީ އަލިފާން ރޯވި ކޮޓަރިންނެވެ. އަދި އެ ކޮޓަރިން ބޭރަށް ނުކުމެވޭ ގޮތަށް ކުޑަދޮރެއް ވެސް ނުހުންނަކަން ވެސް އެނގިފައިވެއެވެ.

ކުދިންގެ މަންމައަށް ލިބުނު އަނިޔާއަށް ހުރާ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިއަދު 6:00 ހާއިރު މާލެ ފޮނުވާލާފައިވާ ކަމަށް އެރަށު ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.

/

އަލިފާން ރޯވި ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މި އަލިފާނުގެ ސަބަބުން އެގޭގައި ދިރިއުޅުނު 15 މީހަކަށް އެންޑީއެމްއޭއިން ވަނީ އިންސާނީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/