އުސޫލުގެ މަތިން ގަވާއިދުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާނެ: ހީނާ

އަޙްމަދު ސަދޫފް މޫސާ

SHARE
މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަނޑައަޅާފައިވާ އުސޫލުގެ މަތިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަވާއިދުން ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިޔަށްގެންދާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެއްވައިފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ، ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ފަދަ ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު ނޫސްވެރިންނާ ގަވާއިދުން ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން 1 މާރިޗް 2026 ން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެ ވާހަކަ ދަންނަވަމެވެ، - ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު
އެހެންކަމުން ކުރިއަށް އޮތް ހަފުތާތަކުގައިވެސް މި އުޞޫލާ އެއްގޮތްވާގޮތުގެ މަތީން ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީީ ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ ދުވަހު ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.





