logo

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޖޫން 6 ގައި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

13 އޭޕްރީލު 2026 - 15:49
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން  ޖޫން 6 ގައި

އިންތިހާބުތައް 2026: ވޯޓުލުން ފެށިގެން ކުރިޔަށް ދަނީ -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް

SHARE

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިލެކްޝަންސް ކޮމިޝަނުން މިރޭ ކުރި އިއުލާނެއްގައި ބުނީ, ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާތީ, ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންސް އަންނަ ޖޫން ހައެއްގައި އޮންނާނެ ކަމަށެވެ.

ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުނެފައިވެއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ މެންބަރު ކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވެ, އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/