ހަޔާ އެޑިއުކޭޝަން އަނެއްކާ ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް

ޢާއިޝަތު ނުޒުހާ
14 އޭޕްރީލު 2026 - 14:33

އިސްމާއީލް ޝަފީއު
SHARE
ހަޔާ އެޑިއުކޭޝަން އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ހަޔާ އެޑިއުކޭޝަނަށް ވަކި ހާއްސަ މިނިސްޓްރީއެއް ކަނޑައެޅީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. އޭގެ ފަހުން މި ސަރުކާރުން ވެރިކަމަށް ހަވާލުވުމަށްފަހު ވެސް ހަޔާ އެޑިއުކޭޝަން އަދި ލޭބާ ޑިވޮލޮޕްމެންޓްގެ ގޮތުގައި ހިންގިއެވެ.
ވުޒާރާތަކަށް މިއަދު ގެނައި ބަދަލުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަން އަކީ އެޑިއުކޭޝަން މިނިސްޓްރީގެ މެންޑޭޑުގެ ތެރޭގައި ހިމަނައި އެޑިއުކޭޝަން, ހަޔާ އެޑިއުކޭޝަން އަދި ލޭބާ ޑިވޮލޮޕްމެންޓް މިނިސްޓަރަކަށް ހަމަޖައްސަވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އިސްމާއިލް ޝަފީއުއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި މަގާމުގެ ހުވާ ކުރައްވައި ފަތްކޮޅު ވަނީ ހަވާލުކުރައްވައިފައެވެ.



