logo

ޖަނަވާރެއްގެ ކަރާމާތްވެސް ރޮހިންޖާ މުސްލިމުންނަށް ނެތީތޯ؟

އަޙްމަދު ޝާބިން

އަޙްމަދު ޝާބިން

21 އޭޕްރީލު 2026 - 05:53
ޖަނަވާރެއްގެ ކަރާމާތްވެސް ރޮހިންޖާ މުސްލިމުންނަށް ނެތީތޯ؟

ރޮހިންޖާގެ ކުދިންތަކެއް: ފޮޓޯ- ސީއެންއެން

SHARE

އެއީ 1982 ގެ ކުރީ އަހަރުތަކެވެ. ރޮހިންޖާގެ މުސްލިމުން އުޅެމުން ދިޔައީ މިހާރުގެ ރާޚިން ސްޓޭޓްގައެވެ. އިނގެރޭސީންގެ އިސްތިއުމާރީ ބާރުގެ ދަށުގައެވެ. ނަމަވެސް އޭރު އިނގެެރޭސިންގެ ސަބަބުން ލިބެމުން ދިޔައީ އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ މިނިވަންކަމެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިނގެރޭސިންގެ އިސްތިއުމާރީ ވަކިތަކުން މިޔަންމާ މިނިވަންވެގެން އައީ އުފާވެރިކޮށް ނަމަވެސް ރޮހިންޖާގެ މުސްލިމުންނަށް ބިރެއް ފަދައިންނެވެ. 135 ދަރިފަސްކޮޅެއް މިޔަންމާގެ މީހުންގެ ތެރެއިން ހިމެނޭ ގާނޫނެއް ކަނޑައެޅިއިރު ރޮހިންޖާގެ މީހުން ހިމަނާފައެއް ނެތެވެ. ނަތީޖާ ވަރަށްވެސް ހިއްޗެވެ. އަމިއްލަ ގައުމުގައި ރައްޔިތެއްގެ ގޮތުގައި އެ މީސްކޮޅު ބަލައެއް ނުގަނެވުނުވެ. ތައުލީމާއި ސިއްހީ ވަސީލަތްތައް އެ މީސްކޮޅަކަށް ނުލިބުނެވެ. އިންސާނީ ހައްގުނެތް ޖަނަވާރުތަކަކަށް ވުރެ ބިކަ ހާލު ޖެއްސިއެވެ.

undefinedރޮޖިންޖާގެ ރެފިއުޖީން

މިޔަންމާގެ އަސްކަރިއްޔާއިންނާއި އެގައުމުގެ ބުދު ދީނުގެ ބޮޑުން ރޮހިންޖާގެ މުސްލިމުން އަޅުވެތިކޮށް ގަނަތެޅުވިއެވެ. މި ކިޔައިދެނީ މަދު މީސްކޮޅެއްގެ ވާހަކައެއް ނޫނެވެ. އެއް މިލިއަނަށް ވުރެން ގިނަ މުސްލިމުންގެ ވާހަކައެވެ. މިއީ ދިވެހިންގެ ތިން ލައްކައިގެ ކުޑަ އާބާދީގެ ކިތައް އާބާދީ ތޯއެވެ؟

"ސިސްޓަމިކް"ކޮށް ކުރި ފުރައްސާރައާއި ދުއްތުރާގެ ނަތީޖާއަކަށްވީ ރޮހިންޖާގެ މުސްލިމުން އިންވެގެން ހުރި ބަންގާޅާށް އެމީހުން ދެ ލައްކައެއްހާ މީހުން ހިޖުރަކުރުމެވެ. މިގޮތަށް އެތައް އަހަރުތަކެއް ވޭތަވުމަށްފަހު 2012 ވަނަ އަހަރު ރާޚީން ސްޓޭޓްގައި ބޮޑެތި ހަމަނުޖެހުން ތަކެއްގައި ގިނަ ބަޔަކު މަރުވިއެވެ. ގިނައީ ހަމަ މިދަންނަވާ ރޮހިންޖާ މުސްލިމުންނެވެ. ވެރިންނަށް ބާރުބޮޑުވުމުން މި މީސްކޮޅު އަނެއްކާވެސް ބައިބައިކޮށްލިއެވެ. ކޭންޕުތަކަށްލައި އެއްތަނުން އަނެއް ތަނަށް ދިއުންވެސް މަނާކުރިއެވެ.

ކެތްކުރެވޭނީވެސް ވަކި ވަރަކަށެވެ. ހުއްޓުމެއް ނެތި ދެމުންދާ އަނިޔާއަށް ކެތްތެރިވެވޭނެތޯއެވެ. ރޮހިންޖާގެ މީސްކޮޅުން ދެން އުފެދިގެން ދިޔައީ އޭއާރުއެސްއޭގެ ނަމުން ކިޔުނު ހަނގުރާމަވެރި ޖަމާއަތެކެވެ. މި ބަޔަކު މިޔަންމާގެ ބައެއް ފުލުސް ޕޯޓްސްތަކަށް އޮކްޓޯބަރު 2016 ގައި ހަމަލާދިނެވެ. ބަދަލު އައީ ހާސް ގުނަ ބޮޑުކޮށެވެ. ރޮހިންޖާގެ މުސްލިމުން ކަތިލާންފެށިއެވެ. އަންހެނުން ނެރެ ރޭޕްކޮށް އެއުޚްތުންގެ އިތްފަތްފޭރިގަތެވެ. ކޭންޕްތަކާއި ދިރިއުޅެމުން ދިޔަ އަވަށްތައް އެކީ ރޯކޮށް ހުޅުޖެހިއެވެ.

undefinedރޮހިންޖާ މީހުން ބަންގާޅަށް ހިޖުރަކުރަނީ

2017 ވަނަ އަހަރު އިތުރަށް ހަމަލާ ވަރުގަދަކޮށްލިއެވެ. ދެން ފެނުނީ "މާސް" މެރުންތެކެވެ. "މާސް" ރޭޕު ތެކެވެ. ހަތިޔާރެއް ނެތް މީހުންނަށް އަމާޒެއްނެތި ބަޑިޖެހިއެވެ. މިއާއެކު 740،000 ވުރެ ގިނަ މީހުން ބަންގާޅަށް ހިޖުރަކުރިއެވެ. ދެވެން އޮތް ހަމައެކި ތަންވީމައެވެ. އެންމެ ފުރަތަމަ ހިޖުރަވި ރެފިޔުޖީންނާއެކު ކޮކްސް ބާޒާރު އެކީ ތޮއްޖެހުނެވެ. ބަންގާޅަށްވެސް ނުކުޅަދާނަ ވީއެވެ. ފަންޑިން ހުއްޓުނެވެ. ކުށްތައް އެ "ބާޒާރު"ގައި އާންމު ވިއެވެ. ބިކަ ވަމުން ދިޔައީ ހަމަ ރޮހިންޖާ މުސްލިމުންނެވެ.

undefined

އޭގެ ނަތީޖާއެއްގެ ގޮތުން ރޮހިންޖާގެ މީހުން ވަގަށް ކައިރި ގައުމުތަކަށް ދާން އުޅެންފެށިއެވެ. ހާލަތު ހަމަ އެހާ ދަށްވުމުންނެވެ. ބޯޓުތައް ފުރި ބަންޑުންވަންދެން މީހުން އަރުވައިގެން ދަތުރުތައް ކުރަމުން ދިޔައެވެ. އެބަޔަކު ކަނޑުމައްޗަށް ދޫކޮށްލައެވެ. އަނެއްބަޔަކު ގައުމުތަކުން އަނބުރާ ފޮނުވާލައެވެ. ބޮޑު ބައި އަންދަމަން ކަނޑުގައްޔާއި ބަންގާޅަކަނޑުގައި މަރާއި ކުރިމަތިލައެވެ. އަދިވެސް، މި މީސްކޮޅުގެ ހާލު ވަމުން ދިޔައީ ގޯހެވެ.

މިދިޔަ ހަފުތާގައި 150އަށް ވުރެ ގިނަ ރޮހިންޖާ މީހުން ކަނޑު ފެތުނެވެ. މެލޭޝިއާއަށްކުރި ހިޖުރައެއްގައި އަންދަމަންގެ ކަނޑަށެެވެ. މިއީ ހަމަ އެކަނި ހިޖުރައެއް ނޫނެވެ. މިއަދު ގިނަ ރޮހިންޖާމީހުން ގަނެވިއްކާ ޓްރެފިކް ކުރެެވެ. ބައެއް ބޯޓުފަހަރުގެ މަސް އަޅާތަނަށް މި މީސްކޮޅުލައިގެން އެކި ގައުމުތަކަށް ގެންގޮސް ވިއްކާ ވިޔަފާރިކުރެއެވެ.

undefinedރޮހިންޖާގެ މީހުން ބޯޓެއްގައި އިންޑޮނޭޝިއާ ކައިރިން

1982 ވަނަ އަހަރުން ފެށިގެން ރޮހިންޖާގެ މުސްލިމުންގެ ހާލަތު ހެޔޮވި އިރެއް ނުދެއެވެ. ބުދު ދީނުގެ މީހުން މުސްލިމުން ވީތީ ފިއްތާލީ ދުވަހަކު ނޭވާ ނުލެވޭނެ ވަރަށެވެ. ޗައިނާ އަދި ރަޝިޔާއިން މިޔަންމާ، އދ ގެ މަޖިލީހުގައި ދިފާއުކޮށް ކޮންމެ ބިލެއް ވީޓޯކުރާއިރު އިންސާނިއްޔަތުކަން ބާއްވަނީ ފުންނާބުގައެވެ. ބަންގާޅަ އެކަނި މުޅި ސަރަހައްދުން ރޮހިންޖާގެ ރެފިއުޖީން ގެންނައިރު ދެންހުރި ހުރިހާ އާސިއާންގެ ގައުމުތައް ބަލާވެސް ނުލާ އެތިބީ ކަނުވެފައިވާ ފަދައިންނެވެ.

ރޮހިންޖާއެވެ. ފަލަސްތީނެވެ. ސީރިއާއެވެ. ސޫދާނެވެ. މައްސަލައަކަށް ވަނީ ކޮންމެވެސް މުސްލިމު ހަނގުރާމަވެރި ޖަމާއަތެކެވެ. މަރަނީ އާންމުނެވެ. އެއް ތަނެއް ނޫނެވެ. އެއް ވާހަކަ އެކެވެ. ޖަނަވާރަކަށް ލިބޭ ކަރާމާތްވެސް ނުލިބޭނެ މުސްލިމުންތަކެއްގެ ވާހަކައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d