logo

ހިތަދޫ އުތުރު ގޮނޑި އަނބުރާ ހޯދަން ސިނާން ޕީއެންސީ ޕްރައިމަރީގައި ވާދަކުރަނީ

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

14 އޭޕްރީލު 2026 - 18:13
ހިތަދޫ އުތުރު ގޮނޑި އަނބުރާ ހޯދަން ސިނާން ޕީއެންސީ ޕްރައިމަރީގައި ވާދަކުރަނީ

SHARE

ސާބިތު ދަރަނީގެ މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން, އެ ގޮނޑި އަލުން ކާމިޔާބުކުރަން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސިނާންގެ ގޮނޑި ހުސްވުމާ ގުޅިގެން ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ތާވަލްކޮށްފައި އޮތީ ޖޫން މަހުގެ ހަ ވަނަ ދުވަހަށެވެ.

އެ ގޮނޑިއަށް ކެންޑިޑޭޓަކު ހޮވުމަށް ޕީއެންސީން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު, ސިނާން މިއަދު ވިދާޅުވީ ގޮނޑި ކާމިޔާބުކުރުމަށް ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އޭނާ ވަނީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

ސިނާންގެ މައްޗަށް ސާބިތުވެފައިވަނީ އިތުރު ބަޔަކާ ގުޅިގެން އިސްލާމިކް ބޭންކުން ސިނާނު ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ހުކުމާއެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނާ މައްސަލައެކެވެ. އެއްބަސްވުމާއެއްގޮތަށް ލޯނު ނުދައްކާތީ އިސްލާމިކް ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ ޖުލައި 21، 2024 ވަނަ ދުވަހުއެވެ.

ބޭންކުން ހުށަހެޅި އެ މައްސަލާގައި ހިމެނޭ ދަރަނީގެ ފައިސާ ދައްކަން ހިތަދޫ ކޯޓުން އޮކްޓޯބަރު 14، 2024 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ ހުކުމް ކުރި ތާރީޚާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށް އަންގާފައެވެ. ނަމަވެސް އެ ހުކުމްގައިވާ ގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށް އެ މައްސަލާގައިވެއެވެ.

/

އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅީ ފެބްރުއަރީ, 2025 ގައެވެ. ގޮނޑިއާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު އެ ދުވަހު ސިނާން ވަނީ އެ ފައިސާ އެއްފަހަރާ ދައްކައި ހަލާސްކޮށްފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/