ފިޝަރީޒް އަދި އެގްރިކަލްޗާ އެއްކޮށްލައި, މިނިސްޓަރަކަށް ޝިޔާމް

ޢާއިޝަތު ނުޒުހާ
15 އޭޕްރީލު 2026 - 05:56

SHARE
ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ މިނިސްޓްރީ އެއްކޮށްލައި, މިނިސްޓަރު ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ކަމުގައި ހުންނެވި އަހުމަދު ޝިޔާމް އައްޔަންކުރައްވައިފިއެވެ.

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިޔާމްގެ މިނިސްޓްރީގެ މެންޑޭޓު ބަދަލުވުމާ ގުޅިގެން އޭނާ ވަނީ މަގާމުގެ ހުވާ މިއަދު އާ ކުރައްވައިފައެވެ.
ޝިޔާމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.
ދަނޑުވެރިކަން އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނިއިރު ކުރިން ހިމެނޭ އެނިމަލް ވެލްފެއާ ބައި ވަނީ އުވާލާފައެއެވެ.




