ޔޫރަޕުގެ "ވަން ޑޭ މޯ" ގެ އުފެއްދުންތައް އެސްޓީއޯ އިން ރާއްޖެއަށް ތައާރަފްކޮށްފި

އަޙްމަދު ޝާބިން
.jpeg&w=3840&q=75)
ވަން މޯ ޑޭގެ އުފެއްދުމެއް؛ ފޮޓޯ: އިބްރާހިމް ނާއިޝް/ ނުކުތާ
SHARE
ޔޫރަޕުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވަން ޑޭ މޯގެ" ގެ އުފެއްދުންތައް ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފްކޮށްފިއެވެ.

މި އުފެއްދުންތައް ތައާރަފްކޮށްފައިވަނީ މިއަދު އެސްޓީއޯގެ ޕީޕަލް ޗޮއިސްގައި ބޭއްވި ޚާއްސަ ހަރަކާތެއްގެ ތެރެއިންނެވެ. މި އިވެންޓު ޝަރަފުވެރިކޮށްދެއްވައި، ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރު އައިޝަތު ޝިފާނާ ވަނީ މި އިފެއްދުންތަަކާއި ގުޅޭ ސިއްޙީ ފައިދާތައް ވިދާޅުވެދެއްވާފައެވެ.
ސިއްހަތަށް ފައިދާހުރި، ގުދުރަތީ، ކޮލިޓީ، ހެނދުނުގެ ނާސްތާ ބްރޭންޑެއްގެއެއްގެ ގޮތުގައި މަޝްހޫރު ވަން މޯ ޑޭ އުފެދުންތަކުގެ ތެރެއިން އެސްޓީއޯ އިން ރާއްޖެ ގެނެސްފައިވަނީ ގްރެނޯލާ، ޕޮރިޖް އަދި މޫސެލީ، އަދި ސީރިއަލްއެވެ. ކޮންމެ ބާވަތެއްގައިވެސް ގިނަ ފްލޭވާ ނުވަތަ ރަހަތައް ލިބެން ހުންނާނެއެވެ.
ޕްރޮޓީން އެކުލެވޭ ގޮތަށް ބައެއް ބާވަތްތައް ތައްޔާރުކޮށްފައިވާއިރު މިއީ ޖިމަށް ދާމީހުންނަށާއި ކަސްރަތުކުރާ މީހުން ކަމުދާނެގޮތަށް ހަދާފައިވާ ބާވަތެއް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
މި އުފެއްދުންތައް ރާއްޖެއަށް ތައާރަފްކުރުމާއެކު ޚާއްސަ ޕްރޮމޯޝަނެއް ވެސް އެސްޓީއޯއިން މިއާއެކު ވަނީ ފަށާފައެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަނުގައި މި އުފެއްދުންތައް ޑިސްކައުންޓް ހިމެނޭ ޚާއްސަ އަގުތަކެއްގައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ހުރިހާ އުފެއްދުންތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 ގެ ފިހާރައިން ލިބެން ހުންނާނެއެވެ.





